ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ރޭ ހިނގި ސައިކަލު އެކްސިޑެންޓެއްގައި 9 އަހަރުގެ އަންހެން ކުއްޖަކަށް ސީރިއަސް އަނިޔާތަކެއް ލިބި، ވެންޓިލޭޓަރުގައި ފަރުވާދޭން ފަށައިފި އެވެ.
ފުލުހުން ބުނާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ އޮގަސްޓް 29 ވަނަ ދުވަހުގެ ރޭ 21:04 ހާއިރު ހުޅުމާލެ ފޭސް 2 ގެ ހިތިގަސްމަގު، ވިނަރެސް 7 ވަނަ ޓަވަރު ކައިރީގަ އެވެ. އެ ސަރަހައްދުގެ ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި، ސައިކަލު ކޮންޓްރޯލުން ނެއްޓިފައިވަނީ، މަޑުކޮށްފައި އޮތް ކާރަކަށް އެރުމުން ސަލާމަތްވާން އުޅުމުގެ ތެރޭގައި މަގުމަތިން ހިނގާފައި ދިޔަ މީހެއްގެ ގައިގައި ޖެހިގެންނެވެ.
އެ ވަގުތު ސައިކަލު ދުއްވަން އިނީ 18 އަހަރުގެ ދިވެހި އަންހެނަކު ކަމަށާއި، އޭނާގެ ފަހަތުގައި 9 އަހަރުގެ އަންހެން ކުއްޖަކު އިން ކަމަށް ފުލުހުން ބުނެ އެވެ. ދެ މީހުންނަށްވެސް ފަރުވާ ދެމުން އަންނަނީ ހުޅުމާލެ ހޮސްޕިޓަލުގައި ނަމަވެސް، ކުއްޖާގެ ހާލު ކްރިޓިކަލްވުމުން، އިތުރު ފަރުވާއަށް އައިޖީއެމްއެޗަށް ބަދަލުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ