ސިނަމާލެ ބުރިޖަކީ ދިވެހި އިންޖިނިއަރުންގެ ހިތްވަރުގެ ރަމްޒެއް: ވަޒީރު މުއްޠަލިބް

ސިނަމާލެ ބުރިޖަކީ ދިވެހި އިންޖިނިއަރުންގެ ހިތްވަރުގެ ރަމްޒެއް: ވަޒީރު މުއްޠަލިބް

Author
އަހުމަދު
30 އޮގަސްޓް 2026 09:24
0

ސިނަމާލެ ބުރިޖުގެ މަޝްރޫޢަކީ ދިވެހި އިންޖިނިއަރުންގެ ނުގުޑާ އަޒުމާއި ޕްރޮފެޝަނަލިޒަމް ދައްކުވައިދޭ ހެއްކެއް ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.

ބުރިޖު ހުޅުވުނުތާ 8 އަހަރު ފުރުމާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވަޒީރު ވިދާޅުވީ، ފީސިބިލިޓީ ދިރާސާތަކުން ފެށިގެން ޢަމަލީ މަސައްކަތާ ހަމައަށް އެ މަޝްރޫޢުގައި ބައިވެރިވެވަޑައިގަތުމުގެ ފުރުޞަތު ލިބިވަޑައިގެންނެވި ކަމަށެވެ. މި ބުރިޖު އެޅުމަކީ ނުވާނެ ކަމެއް ކަމަށް ބުނެ ދިމާވި މަލާމާތާއި ސުވާލުތައް އަދިވެސް ހަނދާނުގައި އެބަހުރި ކަމަށާއި، ނަމަވެސް ކަނޑައެޅި ބަޖެޓުގެ ތެރެއިން، ތާވަލުކުރި މުއްދަތަށްވުރެ ކުރިން މަޝްރޫޢު ނިންމާލެވުނު ކަން ފާހަގަކުރެއްވިއެވެ.

އިންޖިނިއަރިންގއަކީ ކަމެއް ވުމާއި ނުވުމުގެ ދެމެދުގައި އޮންނަ ފަރަގުކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، ސިނަމާލެ ބުރިޖު ހުޅުވުނު ދުވަސް، އޮގަސްޓް 30، ދިވެހިރާއްޖޭގެ ޤައުމީ އިންޖިނިއަރުންގެ ދުވަހުގެ ގޮތުގައި ކަނޑައެޅީވެސް ހަމަ މި ސަބަބަށްޓަކައި ކަމަށެވެ. މި ދުވަހުގެ އަމާޒަކީ ހަމައެކަނި އެއް ބިނާ ފާހަގަކުރުން ނޫން ކަމަށާއި، ރާއްޖޭގެ މުސްތަޤުބަލު ބިނާވެފައި އޮތް މުޅި އިންޖިނިއަރިންގ ދާއިރާ ފާހަގަކުރުން ކަމަށްވެސް ވިދާޅުވިއެވެ. މި މުނާސަބަތުގައި ރާއްޖޭގައި މަސައްކަތްކުރައްވާ ހުރިހާ އިންޖިނިއަރުންނަށް ވަޒީރު ވަނީ ތަހުނިޔާ ފޮނުއްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.