ލިއޮނެލް މެސީގެ ބައްޕަ ޖޯޖް މެސީ ނިޔާވެއްޖެ

ލިއޮނެލް މެސީގެ ބައްޕަ ޖޯޖް މެސީ ނިޔާވެއްޖެ

Author
އަހުމަދު
08 އޮގަސްޓް 2026 06:32
0

އާޖެންޓީނާގެ ފުޓްބޯޅަ ތަރި ލިއޮނެލް މެސީގެ ބައްޕަ ޖޯޖް މެސީ 68 އަހަރުގައި ނިޔަވެއްޖެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި، ޖޯޖް މެސީ ނިޔާވެފައިވަނީ ގިނަ ދުވަސްތަކެއް ވަންދެން ބައްޔެއްގައި އުޅުމަށްފަހު، އާޖެންޓީނާގެ ރޮސާރިއޯގެ ހޮސްޕިޓަލެއްގައެވެ. އޭނާ ބަލިވެގެން އުޅޭކަން ފެންމަތިވެގެންދިޔައީ ދާދިފަހުން ބޭއްވި ވޯލްޑްކަޕްގައި އަލްޖީރިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ލަނޑު ޖެހުމަށްފަހު ލިއޮނެލް މެސީ ރޯން ފެށުމުންނެވެ. މެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން މެސީ ބުނެފައިވަނީ އެ ކަރުނަތަކަކީ ފުޓްބޯޅައާ ގުޅުމެއް ހުރި ކަމެއް ނޫން ކަމަށާއި، އޭނާއަށް ދިމާވެފައިވާ ހިތްދަތި ދުވަސްތަކެއްގެ ސަބަބުން އޮހޮރުނު ކަރުނަ ކަމަށެވެ.

އޭގެފަހުން މެސީގެ އާއިލާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޖޯޖް މެސީ ބައްޔެއްގައި އުޅޭ ކަމަށާއި، ޑޮކްޓަރުންގެ ބެލުމުގެ ދަށުން ފަރުވާ ހޯދަމުންދާ ކަމަށެވެ. އަދި އާއިލާގެ ޒާތީ ދިރިއުޅުމަށް އިހްތިރާމް ކުރުމަށް އެ ބަޔާނުގައި އެދިފައިވެއެވެ.

ޖޯޖް މެސީއަކީ ލިއޮނެލް މެސީގެ ބައްޕަގެ އިތުރުން، ގިނަ ދުވަސްތަކެއް ވަންދެން އޭނާގެ އެޖެންޓެއްގެ ގޮތުގައި މަސައްކަތްކުރެއްވި ބޭފުޅެކެވެ. މެސީ ޅައުމުރުގައި ބާސެލޯނާއާ ގުޅުމުގެ ނިންމުމުން ފެށިގެން، ފުޓްބޯޅައިގައި މެސީ ނިންމި ބޮޑެތި ހުރިހާ ނިންމުމެއް ވެސް ނިންމާފައިވަނީ ބައްޕަގެ މަޝްވަރާއާއެކުގައެވެ.

ބައްޕަގެ ބަލިހާލަތާ ގުޅިގެން، ވޯލްޑްކަޕަށްފަހު އެމެރިކާގެ މޭޖަރ ލީގު ސޮކަރގެ އޯލް ސްޓަރ ގޭމްގައި ވެސް މެސީ ބައިވެރިވެފައެއް ނުވެއެވެ. އެއީ ބައްޕަގެ ކައިރީގައި ހުރުމުގެ ބޭނުމުގައި ކަމަށް ރިޕޯޓްތައް ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.