ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތުގައި އެންމެ ގިނަ ގޯލު ޖެހުމުގެ ތާރީޚީ ރެކޯޑު އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ މުގުރާލައިފިއެވެ.
ޖަރުމަނުގެ ކުރީގެ ތަރި މިރޮސްލާވް ކްލޯސޭ ހަދާފައިވާ 16 ގޯލުގެ ރެކޯޑު މެސީ މުގުރާލީ އޮސްޓްރިއާއާ ދެކޮޅަށް ކުޅުނު މެޗުގެ 38 ވަނަ މިނެޓުގައި ލަނޑު ޖަހައިގެންނެވެ. މެޗުގެ 8 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއެއް މެސީ އަތުން ބޭކާރުވި ނަމަވެސް، ފަހުން ކާމިޔާބުކުރި މި ލަނޑާއެކު އޭނާގެ ޖުމްލަ ވޯލްޑް ކަޕް ގޯލުގެ އަދަދު ވަނީ 17 އަށް އަރާފައެވެ.
މި ފަހަރުގެ މުބާރާތަށް ނުކުތްއިރު 13 ގޯލު އޮތް މެސީ ވަނީ އާޖެންޓީނާ ކުޅުނު ފުރަތަމަ މެޗުގައި ހެޓްރިކެއް ހަދައި، ކްލޯސޭގެ ރެކޯޑާ އެއްވަރުކޮށްފައެވެ. މިއީ ދުނިޔޭގެ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތުގައި މެސީ ކުޅޭ ހަވަނަ ފަހަރެވެ.
ކޮމެންޓު ފޮނުވާ