ސޮވަރިން ފަންޑަށް 923 މިލިޔަން ރުފިޔާ ޖަމާކޮށްފި

ސޮވަރިން ފަންޑަށް 923 މިލިޔަން ރުފިޔާ ޖަމާކޮށްފި

Author
އަހުމަދު
27 މެއި 2026 07:28
0

މިއަހަރުގެ މެއި މަހުގެ ނިޔަލަށް ދައުލަތުގެ ސޮވަރިން ޑިވެލޮޕްމަންޓް ފަންޑް (އެސްޑީއެފް) އަށް 923 މިލިޔަން ރުފިޔާ ޖަމާކޮށްފިއެވެ.

މާލީ ވުޒާރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 18 އިންސައްތައިގެ ކުރިއެރުމެކެވެ. މި ފަންޑަށް ފައިސާ ޖަމާކުރުމުގެ އިތުރުން، ދައުލަތުން ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުމަށް މިއަހަރުގެ މިހާތަނަށް 8.6 ބިލިޔަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 244 އިންސައްތަ އިތުރު އަދަދެކެވެ. ދަރަނީގެ ގޮތުގައި ދައްކާފައިވާ ފައިސާގެ ތެރޭގައި 2021 ވަނަ އަހަރު ނަގާފައިވާ 500 މިލިޔަން ޑޮލަރުގެ ސުކޫކާއި، މިއަހަރު ސޮއިކުރި 400 މިލިޔަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީ ހިމެނެއެވެ.

އެސްޑީއެފް އަކީ ކުއްލި ހާލަތްތަކުގައާއި ބޮޑެތި ލޯނުތައް ދެއްކުމަށް އެމްއެމްއޭގެ ރިޒާވްއާ މުޅިން ވަކިން ސަރުކާރުން އުފައްދާފައިވާ ހާއްސަ ފަންޑެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.