އެމްޑީޕީ ޗެއަރޕާސަން އިންތިޚާބު: ވޯޓަރސް ލިސްޓާއި ރީ-ރަޖިސްޓްރޭޝަންގެ ޝަކުވާ ހުށައެޅުމަށް ހުޅުވާލައިފި

އެމްޑީޕީ ޗެއަރޕާސަން އިންތިޚާބު: ވޯޓަރސް ލިސްޓާއި ރީ-ރަޖިސްޓްރޭޝަންގެ ޝަކުވާ ހުށައެޅުމަށް ހުޅުވާލައިފި

Author
އަހުމަދު
24 މެއި 2026 09:55
0

އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބުގެ ވޯޓަރސް ލިސްޓާއި ރީ-ރަޖިސްޓްރޭޝަންއާ ގުޅޭ ޝަކުވާ ހުށައެޅުމުގެ ފުރުޞަތު އެ ޕާޓީން ހުޅުވާލައިފިއެވެ.

މި ކަމާ ގުޅޭ ގޮތުން އެމްޑީޕީން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، ވޯޓަރސް ލިސްޓަށް ކުރިން ހުށައަޅާފައިވާ ޝަކުވާތަކާއި، ރީ-ރަޖިސްޓްރޭޝަންއާ ގުޅިގެން ގެނެވުނު ބަދަލުތަކާ މެދު ޝަކުވާ ހުށައެޅުމުގެ ފުރުޞަތު 2026 ވަނަ އަހަރުގެ މެއި މަހުގެ 27 ވާ ބުދަ ދުވަހުގެ 14:00 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.

ނަމަވެސް މި ފުރުޞަތުގައި ބަލައިގަންނާނީ ހަމައެކަނި ކުރިން ހުށައެޅުނު ޝަކުވާތަކާއި، ރީ-ރަޖިސްޓްރޭޝަންއާ ގުޅިގެން ގެނެވުނު ބަދަލުތަކާ ގުޅޭ ޝަކުވާތައް އެކަނި ކަމަށާއި، އާ ޝަކުވާތައް މި ފުރުޞަތުގައި ބަލައިނުގަންނާނެ ކަމަށް އެ ޕާޓީން ވަނީ ހާމަކޮށްފައެވެ.

ޝަކުވާ ހުށައެޅުމަށް އެމްޑީޕީން ވަނީ ޚާއްޞަ ގޫގުލް ފޯމެއް އެކުލަވާލާ، އެ ފޯމު މެދުވެރިކޮށް ޝަކުވާ ހުށައެޅުމަށް އެދިފައެވެ. ފޯމު ލިންކް: https://forms.gle/wGGFhDvnN7avj9zp8

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.