އީރާނުގެ ނަތަންޒްގައި ހުންނަ ނިއުކްލިއަރ ފެސިލިޓީއަކަށް އެމެރިކާއާއި އިސްރާއީލުން ގުޅިގެން ވައިގެ ޙަމަލާތަކެއް ދީފިއެވެ.
އީރާނުގެ ތަސްނީމް ނިއުސް އޭޖެންސީން މަޢުލޫމާތު ދޭގޮތުގައި، މި ޙަމަލާތައް އަމާޒުކޮށްފައިވަނީ ނަތަންޒްގައި ގާއިމުކޮށްފައިވާ ޝާހިދު އަހުމަދީ ރޯޝަން އެންރިޗްމަންޓް ކޮމްޕްލެކްސްއަށެވެ. މި ޙަމަލާ ދިންކަން އީރާނުގެ އެޓޮމިކް އެނާޖީ އޯގަނައިޒޭޝަނުން މިހާރު ވަނީ ކަށަވަރުކޮށްދީފައެވެ. އެ އިދާރާއިން ނެރުނު ކުރު ބަޔާނެއްގައި ބުނެފައިވަނީ، ޔޫރޭނިއަމް ފައްކާކުރާ މި މަރުކަޒަށް ދިން ޙަމަލާއަކީ ނިއުކްލިއަރ ނޮން-ޕްރޮލިފަރޭޝަން ޓްރީޓީ (އެންޕީޓީ) އާ ކަނޑައެޅިގެން ޚިލާފު އަދި ކުށްވެރިކުރާ ޢަމަލެއްކަމަށެވެ.
މި ޙަމަލާގެ ސަބަބުން އެ ކޮމްޕްލެކްސްއިން ރޭޑިއޯއެކްޓިވް މާއްދާއެއް ލީކުވެފައިވާކަމުގެ އެއްވެސް ރިޕޯޓެއް މިހާތަނަށް ލިބިފައެއް ނުވެއެވެ. އަދި އޭގެ ސަބަބުން އެ ސަރަޙައްދާއި ކައިރި ހިސާބުތަކުގައި ދިރިއުޅޭ ޢާންމު ރައްޔިތުންނަށް އެއްވެސް ނުރައްކަލެއް ކުރިމަތިވެފައި ނުވާކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
ކޮމެންޓު ފޮނުވާ