ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހު ސަރުކާރުގެ ރަސްމީ ގަޑިއަކީ 9 އިން 1 އަށް

ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހު ސަރުކާރުގެ ރަސްމީ ގަޑިއަކީ 9 އިން 1 އަށް

Author
ހުސައިން
20 މާރޗް 2026 05:25
0

ފިތުރު އީދުގެ ބަންދަށްފަހު އަންނަ ހޯމަ ދުވަހު ސަރުކާރުގެ އޮފީސްތައް ހުޅުވޭއިރު، ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހު މަސައްކަތްކުރާނީ ދުވާލަކު ހަތަރު ގަޑިއިރު ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވައިފިއެވެ.

ރައީސް އޮފީހުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، ކުރީ އަހަރުތަކެކޭވެސް އެއްފަދައިން މި ފެށޭ ހަފުތާގައިވެސް ސަރުކާރުގެ ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 9:00 އިން މެންދުރު 1:00 އަށެވެ. އެހެންކަމުން އަންނަ ހޯމަ ދުވަހުން ފެށިގެން ސަރުކާރުގެ މުވައްޒަފުން އަމަލުކުރާނީ މި ގަޑިތަކަށެވެ.

މިއަހަރުގެ ރަމަޟާން މަހުގެ ފަހު ދިހައަކާ ގުޅިގެން، ރަމަޟާން މަހުގެ 20 ވަނަ ދުވަހުން ފެށިގެން އީދު ބަންދުގެ ނިޔަލަށް ސަރުކާރު އޮފީސްތައް ވަނީ ބަންދުކޮށްފައެވެ. ސަރުކާރުން މިގޮތަށް ހަމަޖައްސަވާފައިވަނީ ރައްޔިތުންނަށް އަޅުކަމުގައި ވަގުތު ހޭދަކުރުމުގެ ފުރުސަތު ތަނަވަސްކޮށްދީ، އިސްލާމީ އުސޫލުތައް ގާއިމުކުރުމާއެކު ދީނީ ކަންކަމަށް އިސްކަންދިނުމަށް ބާރުއެޅުމުގެ ގޮތުން ކަމަށް ރައީސް އޮފީހުން ވަނީ ފާހަގަކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.