ރ. ވާދޫން ކަނޑުމައްޗަށް ނުކުމެ އުޅެނިކޮށް ގެއްލިގެން ހޯދަމުންދިޔަ އެރަށު މުޙައްމަދު އިޤްބާލް ހެޔޮހާލުގައި ހުއްޓާ ފެނިއްޖެއެވެ.
އޭނާ ގެއްލިގެން ފުލުހުން ރޭގެ ވަގުތެއްގައި އިއުލާނުކޮށްފައިވާއިރު، އޭނާ ފެނިފައިވަނީ މިއަދު ހެނދުނު 6:53 ހާއިރުއެވެ. ފުލުހުން މައުލޫމާތު ދެއްވި ގޮތުގައި އިޤްބާލް ފެނުނީ އޭނާ ދަތުރުކުރި ޑިންގީގެ އިންޖީނު ހުއްޓުމުގެ ސަބަބުން ރ. އަލިފުށި ކައިރީގައި އޮންނަ ބޮއެއްގައި ޑިންގީ އައްސައިގެން އޮއްވައި، އޭނާ ހޯދުމަށް މިއަދު ހެނދުނު ވާދޫން ނުކުތް ބަޔަކަށެވެ.
މި ހާދިސާއާ ގުޅިގެން، އިޤްބާލް ހޯދުމުގެ މަސައްކަތުގައި އާންމު ރައްޔިތުންގެ ފަރާތުން ލިބުނު ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކޮށް، އެކި ގޮތްގޮތުން މި މަސައްކަތުގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް ފުލުހުން ވަނީ ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ