މަޑަވެލީ ބިން ހިއްކުމުގެ ދެވަނަ ފޭސް 175 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްފި

މަޑަވެލީ ބިން ހިއްކުމުގެ ދެވަނަ ފޭސް 175 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްފި

Author
ޙަސަން މުޙައްމަދު
08 މާރޗް 2026 10:58
0

ގދ. މަޑަވެލީގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދެވަނަ ފޭސްގެ މަސައްކަތް 400 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.

މި އެއްބަސްވުމުގައި ސޮއިކުރީ މިއަދު ކޮންސްޓްރަކްޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި، ސަރުކާރުގެ ފަރާތުން ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައުދީ އެވެ.

ޖުމްލަ 175 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ ދަށުން 19.17 ހެކްޓަރުގެ ބިން ހިއްކައި، 1،645 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި 120 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތް ކުރާނެ ކަމަށް އެމްޓީސީސީން މިއަދު ނެރުނު ބަޔާނެއްގައި ބުންޏެވެ.

ގާތްގަނޑަކަށް 2،000 މީހުންގެ އާބާދީއެއް އޮންނަ މަޑަވެއްޔަކީ ޒަމާނުއްސުރެ ބޯހިޔާވަހިކަމުގެ ދަތިކަން ކުރިމަތިވެފައިވާ ރަށެކެވެ. މި މަޝްރޫއު ނިމުމުން ރަށުގެ ބިން އިތުރުވެ، ބޯހިޔާވަހިކަމުގެ މައްސަލައަށް އެދެވޭ ހައްލެއް ލިބިގެންދާނެ ކަމަށާއި، އުދައެރުމާއި ރަށް ގިރުމުގެ މައްސަލައަށް ވެސް ބޮޑު ލުޔެއް ލިބޭނެ ކަމަށް އެމްޓީސީސީން ބުންޏެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.