ހުޅުމާލޭ ތިންވަނަ ފިޔަވަހީގައި "އެފޯޑަބަލް ހޯމް އޯނަޝިޕް" ގެ ދަށުން 1،000 ހައުސިން ޔުނިޓު ޑިޒައިންކޮށް އިމާރާތްކުރުމަށް ޝައުގުވެރިވާ ދިވެހި ކުންފުނިތަކަށް އެ ފުރުސަތު ހައުސިން މިނިސްޓްރީން މިއަދު ހުޅުވާލައިފިއެވެ.
މި މަޝްރޫއަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 8 ވަނަ ދުވަހުގެ ކުރިން މައުލޫމާތު ސާފުކުރުމަށް ހުށަހެޅުމަށް މިނިސްޓްރީން ވަނީ އެދިފައެވެ. އަދި މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުން ޕްރޮޕޯޒަލް ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ އަންނަ މާރިޗު މަހުގެ 23 ވަނަ ދުވަހެވެ. މިއީ ހަމައެކަނި ދިވެހި ކުންފުނިތަކަށް ހާއްސަކޮށްގެން އިއުލާންކޮށްފައިވާ މަޝްރޫއެކެވެ.
މިނިސްޓްރީން ހާމަކުރި ގޮތުގައި މި މަޝްރޫއުގެ މައިގަނޑު ބޭނުމަކީ އަތްފޯރާ ފަށުގައި ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދީ، ދިވެހިންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމެވެ. މީގެ އިތުރުން، މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ރިއަލް އެސްޓޭޓް ދާއިރާގައި ހަރަކާތްތެރިވާ ލޯކަލް ޑިވެލޮޕަރުންގެ ގާބިލުކަން އިތުރުވެ، އެ ފަރާތްތަކަށް ވިޔަފާރީގެ އައު ފުރުސަތުތަކެއް ފަހިވެގެންދާނެކަމަށް ވެސް ހައުސިން މިނިސްޓްރީން ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ