މި އަހަރުގެ ރޯދަ މަހުގެ ފަހު ދިހައެއްގައި ސަރުކާރު ބަންދުވާނެ ތާރީޚުތައް އިއުލާނުކޮށްފި

މި އަހަރުގެ ރޯދަ މަހުގެ ފަހު ދިހައެއްގައި ސަރުކާރު ބަންދުވާނެ ތާރީޚުތައް އިއުލާނުކޮށްފި

Author
ޙަސަން މުޙައްމަދު
26 ފެބްރުއަރީ 2026 03:10
0

މި ހިނގާ ރަމަޟާން މަހުގެ ފަހު ދިހައެއްގައި ސަރުކާރު ބަންދުވާނެ ދުވަސްތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ރަސްމީކޮށް އިއުލާނުކޮށްފިއެވެ.

ރައީސް އޮފީހުން ނެރުނު ދެންނެވުމުގައިވާ ގޮތުން، އަންނަ މާޗު މަހުގެ 9 ވަނަ ދުވަހުން ފެށިގެން އެ މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރުގެ އިދާރާތައް ހުންނާނީ ބަންދުކޮށްފައެވެ. ނަމަވެސް، މި މުއްދަތުގައި ސަރުކާރު ބަންދުވި ކަމުގައި ވިޔަސް، ރައްޔިތުންނަށް ކޮންމެހެން ފޯރުކޮށްދޭންޖެހޭ އަސާސީ ޚިދުމަތްތައް މެދުނުކެނޑި ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ކަމާބެހޭ މުއައްސަސާތަކަށް ވަނީ އަންގަވާފައެވެ.

އެގޮތުން، ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތައް އެ އިދާރާތަކުން ކަނޑައަޅާ އުސޫލެއްގެ މަތިން ކުރިއަށް ގެންދިއުމަށް ރައީސް އޮފީހުގެ ދެންނެވުމުގައި ބަޔާންކޮށްފައިވެއެވެ. މީގެ ބޭނުމަކީ ބަންދު ދުވަސްތަކުގައިވެސް އާންމުންނަށް ދަތިކަމެއް ނެތި ޒަރޫރީ ޚިދުމަތްތައް ލިބިގެން ދިއުމެވެ.

ރޯދަ މަހުގެ ފަހު ދިހައެއް ބަންދުކުރުމަށް ސަރުކާރުން ނިންމީ 2024 ވަނަ އަހަރުން ފެށިގެންނެވެ. މިއީ މި ސިޔާސަތުގެ ދަށުން ރޯދަ މަހުގެ ފަހު ދިހައެއްގައި ސަރުކާރު ބަންދުކުރާ ތިންވަނަ އަހަރެވެ. މި ނިންމުމަކީ އަޅުކަމުގައި ވަގުތު ހޭދަކުރުމަށް ލުއި ގޮތްތަކެއް ހޯދައިދިނުމުގެ ގޮތުން ސަރުކާރުން ފަށާފައިވާ ކަމެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.