އިންޑޮނޭޝިއާ އާއި އިތުރު ގިނަ ގައުމުތަކަކަށް ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ ބުރާސްފަތި

އިންޑޮނޭޝިއާ އާއި އިތުރު ގިނަ ގައުމުތަކަކަށް ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ ބުރާސްފަތި

Author
ޙަސަން މުޙައްމަދު
17 ފެބްރުއަރީ 2026 06:47
0

އިންޑޮނޭޝިއާ ހިމެނޭހެން އިސްލާމީ ބޮޑެތި ބައެއް ގައުމުތަކުން، މިއަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ އަންނަ ބުރާސްފަތި ދުވަސް ކަމުގައި ކަނޑައަޅައި އެކަން ރަސްމީކޮށް އިއުލާނުކޮށްފިއެވެ.

އިންޑޮނޭޝިއާގެ ކަމާބެހޭ އިދާރާތަކުން މި ނިންމުން ނިންމާފައިވަނީ އެ ގައުމަށް ރޯދަ މަހުގެ ހަނދު ފެނިފައިނުވާތީއެވެ. އެގައުމުގެ އިތުރުން މެލޭޝިއާ، ސިންގަޕޫރު އަދި ބުރުނާއީ ފަދަ އޭޝިއާގެ ގައުމުތަކުން ވެސް ވަނީ ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ މި މަހުގެ 19 ވާ ބުރާސްފަތި ދުވަސް ކަމުގައި ކަނޑައަޅާފައެވެ.

މި ގައުމުތަކުގެ އިތުރުން އޮމާން، ތުރުކީވިލާތް އަދި ފްރާންސް ފަދަ ގައުމުތަކުން ވެސް ބުރާސްފަތި ދުވަހަކީ ރޯދަ މަހުގެ ފުރަތަމަ ދުވަސް ކަމުގައި ވަނީ ހަމަޖައްސާފައެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި މުސްލިމުން ރޯދަ މަހަށް ތައްޔާރުވަމުންދާއިރު، މި ގައުމުތަކާ ޚިލާފަށް ގަލްފުގެ ގައުމުތަކުން މިހާރު ވެސް ދަނީ ހަނދު ބެލުމުގެ ކަންކަން ކުރިއަށް ގެންދަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.