ގިނަ ގައުމުތަކަށް ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ ބުރާސްފަތި ދުވަސް

ގިނަ ގައުމުތަކަށް ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ ބުރާސްފަތި ދުވަސް

Author
ޙަސަން މުޙައްމަދު
17 ފެބްރުއަރީ 2026 06:44
0

މުސްލިމު އުންމަތް ރޯދަ މަހަށް އިންތިޒާރު ކުރަމުންދާއިރު، އިސްލާމީ ގިނަ ގައުމުތަކަކުން މިއަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ އަންނަ ބުރާސްފަތި ދުވަސް ކަމަށް ކަނޑައަޅައިފިއެވެ. މިހާތަނަށް އެއްވެސް ގައުމަކުން މާދަމާ، ފެބްރުއަރީ 18 އަކީ ރޯދަ މަހުގެ ފުރަތަމަ ދުވަސް ކަމަށް އިއުލާނުކޮށްފައެއް ނުވެއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަނދު ސާބިތުކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، ސިންގަޕޫރު، ބުރުނާއީ، ތުރުކީ، ފްރާންސް، މެލޭޝިއާ، އޮސްޓްރޭލިއާ، އޮމާން އަދި އިންޑޮނޭޝިއާ ފަދަ ގައުމުތަކުން މިހާރު ވަނީ ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ ފެބްރުއަރީ 19 ވާ ބުރާސްފަތި ދުވަސް ކަމުގައި ރަސްމީކޮށް އިއުލާނުކޮށްފައެވެ.

މި ގައުމުތަކުން ތާރީހު ކަނޑައަޅާފައިވީ ނަމަވެސް، އަރަބި ބައެއް ގައުމުތަކުގައި ހަނދު ބެލުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށެވެ. އެގޮތުން އެކުވެރި އަރަބި އިމާރާތުން ވަނީ ހަނދު ފެނޭތޯ ބެލުމަށް އެގައުމުގެ ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ. ސައުދީ އަރަބިއްޔާގައި ހަނދު ބެލުމަށް ޒަމާނީ ޓެކްނޮލޮޖީގެ އެހީ ހޯދަމުން ދިޔަ ނަމަވެސް، މޫސުން ގޯސްވުމުގެ ސަބަބުން ހަނދު ބެލުމަށް ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށް އެގައުމުން ވަނީ ހާމަކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.