"ވަހީ" އަންނަ ކަމަށް ދައުވާކޮށް ދީނަށް ފުރައްސާރަކުރާ މީހާއަށް ފިޔަވަޅު އަޅަން މިނިސްޓްރީން އެދިއްޖެ

"ވަހީ" އަންނަ ކަމަށް ދައުވާކޮށް ދީނަށް ފުރައްސާރަކުރާ މީހާއަށް ފިޔަވަޅު އަޅަން މިނިސްޓްރީން އެދިއްޖެ

Author
ޙަސަން މުޙައްމަދު
17 ފެބްރުއަރީ 2026 09:44
0

ތިމަންނާއަށް "ވަހީ" އަންނަ ކަމަށް ބުނެ، ސޯޝަލް މީޑިއާގައި އިސްލާމްދީނަށް ފުރައްސާރަކުރަމުންދާ ދިވެއްސެއްގެ މައްސަލަ ބަލައި ފިޔަވަޅު އަޅައިދިނުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކަމާބެހޭ އިދާރާތަކުގައި ރަސްމީކޮށް އެދިއްޖެއެވެ.

މި މައްސަލަ ފެންމަތިވެފައިވަނީ ޓިކްޓޮކް ލައިވް މެދުވެރިކޮށް ދިވެހި ފިރިހެނަކު އިސްލާމްދީނުގެ އަސާސްތަކާ ޚިލާފު ވާހަކަތަކެއް ދައްކަމުންދާ ވީޑިއޯތަކެއް އާންމުވުމާ ގުޅިގެންނެވެ. އެނގިފައިވާ ގޮތުގައި މި އަމަލު ހިންގަމުންދާ މީހާ މި ވަގުތު ދިރިއުޅެމުންދަނީ ރާއްޖެއިން ބޭރުގައެވެ.

މިކަމާ ގުޅިގެން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، އެ މީހާ ދައްކަމުންދާ ވާހަކަތަކަކީ އިސްލާމީ އަގީދާއާއި ކީރިތި ރަސޫލާއަށް ނިސްބަތްކޮށް ކުރަމުންދާ ބޮޑެތި ތައުހީނުތަކެއް ކަމަށެވެ. އެހެންކަމުން، އެ ވީޑިއޯތަކުގެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި، އެކަމަށް ގާނޫނީ ފިޔަވަޅު އެޅުމަށް ކަމާބެހޭ މުއައްސަސާތަކަށް މިހާރު ހުށަހަޅުއްވާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ރާއްޖެއިން ބޭރުގައި ހުރެގެން މިފަދަ އަމަލުތައް ހިންގަމުންދާ މި މީހާއާ ގުޅޭގޮތުން ދިވެހި ފުލުހުންގެ ޚިދުމަތުން ރަސްމީކޮށް އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.