އިދިކޮޅު ސިޔާސީ ލީޑަރުން ހިފާ ހައްޔަރުކޮށް، ކުރާ ވެރިކަމަކީ ޚުދުމުހުތާރު ވެރިކަމެއްގެ އެންމެ ފުރިހަމަ މިސާލުކަމަށް ވިދާޅުވެ ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ.އަބްދުﷲ ދީދީގެ ރައްދެއް ސަރުކާރަށް ދެއްވައިފިއެވެ.
އިދިކޮޅު ސިޔާސީ ލީޑަރު ރައީސް ޔާމީން ޖަލަށް ލައި، އަދި މިހާރު އިދިކޮޅު ސިޔާސީ ކަންކަމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމަށް ދައުވާ އުފުލައި ޝަރީއަތް ވަނީ މިމަހުގެ 31 ވަނަ ދުވަހަށް ތާވަލް ކޮށްފައެވެ. ވަކި މީހެއްގެ ޝަރީއަތަކަށް އިޝާރާތް ނުކުރައްވައި ޑރ.އަހުމަދު އަބަދުﷲ ކުރެއްވި ޓްވީޓްގައި ވިދާޅުވީ އިދިކޮޅު ސިޔާސީ ލީޑަރުންގެ އަޑު ކަނޑުވައިގެން ވެރިކަމުގައި ދެމިތިބުމަށް މަސައްކަތް ކުރުމަކީ ޑިކްޓޭޓަރޝިޕްތަކުގެ ވަރަށް ޚާއްޞަ ސިފައެއް ކަމަށެވެ.
ޚުދުހުމުތާރުކަމާއިއެކު ވެރިކަން ކުރުމަކީ ތާއަބަދަށް ކުރެވޭނެ ކަމެއް ނޫންކަމަށާއި، އެފަދަ ވެރިކަން ނިންމާނީ ރައްޔިތުން ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ. ކޮންމެ ވެރިކަމެއްގައިވެސް ސަރުކާރުގައި ތިބޭ ވެރިންނަކީ ޤައުމުގެ އެންމެ ބާރުގަދަ ފަރާތްކަމަށް ދެކުމަކީ ކުށް ހީއެއް ކަމަށް އަބްދުﷲ ދީދީ ވިދާޅުވިއެވެ. ޤައުމުގެ ސިޔާދަތާއި އިސްތިޤުލާލުގެ ވެރިންނަކީ ރައްޔިތުން ކަމުގައި ކުރީގެ އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.
އިދިކޮޅު ސިޔާސީ ލީޑަރުންގެ އަޑު ކަނޑުވައިގެން ވެރިކަމުގައި ދެމިތިބުމަށް މަސައްކަތް ކުރުމަކީ ޑިކްޓޭޓަރޝިޕްތަކުގެ ވަރަށް ޚާއްޞަ ސިފައެއް. އެނގެންޖެހޭ ޙަޤީޤަތަކީ ސިޔާދަތުގެ ވެރިންނަކީ ރައްޔިތުންކަން. ޚުދުމުޚުތާރު ވެރިކަން މާތް الله ގެ އިރާދަފުޅާ އެކު ރައްޔިތުން ބަދަލުކުރާނެކަން!
– ޑރ.އަބްދުﷲ ދީދީ ވިދާޅުވިއެވެ.
އިދިކޮޅު ސިޔާސީ ލީޑަރުންގެ އަޑު ކަނޑުވައިގެން ވެރިކަމުގައި ދެމިތިބުމަށް މަސައްކަތް ކުރުމަކީ ޑިކްޓޭޓަރޝިޕްތަކުގެ ވަރަށް ޚާއްޞަ ސިފައެއް. އެނގެންޖެހޭ ޙަޤީޤަތަކީ ސިޔާދަތުގެ ވެރިންނަކީ ރައްޔިތުންކަން. ޚުދުމުޚުތާރު ވެރިކަން މާތް الله ގެ އިރާދަފުޅާ އެކު ރައްޔިތުން ބަދަލުކުރާނެކަން!
— Dr. Ahmed Abdulla Didi (@AABDULLADIDI) January 10, 2021
ކުރީގެ އުއްތަމަ ފަނޑިޔާރު މިފަދަ ރައްދެއް ސަރުކާރަށް ދެއްވާފައިވާއިރު، އިދިކޮޅު ކޯލިޝަން ހިންގެވުމާއި ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ ހަޑިހުތުބަހުން ވާހަކަ ދެއްކެވި ކަމަށްބުނެ ކޮށްފައިވާ ދައުވާގެ ޝަރީއަތް ފެށުމަށް ވަނީި ތައްޔާރުވެފައެވެ. އަދި އިދިކޮޅު ބައެއް ބޭފުޅުން ޚާއްސަކޮށް ރައީސް ޔާމީންގެ ވެރިކަމުގައި އެކި މަޤާމުތައް ފުރުއްވި ބޭފުޅުނަށް ދައުވާ ކުރުމުގެ މަރުހަލާ މިހާރު ވަނީ ފަށާފައެވެ.
ކޮމެންޓު ފޮނުވާ