އަނަންތު އާއި ރާދިކާގެ ޝާހީ ޗުއްޓީއެއް ރާއްޖޭގައި: 50 ގާޑުންނާއެކު އިތާފުށީގައި

އަނަންތު އާއި ރާދިކާގެ ޝާހީ ޗުއްޓީއެއް ރާއްޖޭގައި: 50 ގާޑުންނާއެކު އިތާފުށީގައި

Author
ޙަސަން މުޙައްމަދު
22 ޖެނުއަރީ 2026 10:14
0

އޭޝިއާގެ އެންމެ މުއްސަނދި އާއިލާ ކަމަށްވާ އިންޑިއާގެ އަމްބާނީ އާއިލާގެ ހަގު ދަރިފުޅު އަނަންތު އަމްބާނީ އާއި އޭނާގެ އަނބިކަނބަލުން ރާދިކާ މާޗަންޓް، ޗުއްޓީ ހޭދަކޮށްލުމަށްޓަކައި އަނެއްކާވެސް ރާއްޖެ ވަޑައިގެންފިއެވެ. ޕްރައިވެޓް ޖެޓެއްގައި މިދިޔަ ހޮނިހިރު ދުވަހު މި ދެމަފިރިން ރާއްޖެ ވަޑައިގެންނެވިއިރު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ރާދިކާ ފެންނަ ފޮޓޯތަކެއް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ.

ފަތުރުވެރިކަމުގެ ޚަބަރުތައް ގެނެސްދޭ "ހޮޓެލިއާ މޯލްޑިވްސް" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އަނަންތާއި ރާދިކާ މިފަހަރު ޗުއްޓީ ހޭދަކުރައްވަމުން ގެންދަވަނީ މަތީ ފަންތީގެ ރިސޯޓެއް ކަމަށްވާ ވޯލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށީގައެވެ. މި ދަތުރުފުޅުގެ ޚާއްސަ ކަމަކީ ހަމައެކަނި އެބޭފުޅުން ތިއްބެވި ރިސޯޓުގެ ފެންވަރެއް ނޫނެވެ. ދަތުރުފުޅުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށްޓަކައި އެކަނިވެސް 50 ސެކިއުރިޓީ ގާޑުން ރާއްޖެ ގެނެސްފައިވާއިރު، އެ ދެމަފިރިންގެ ދަތުރުފަތުރުގެ ކަންކަމަށް ޚާއްސަކޮށްގެން ދެ ސީޕްލޭން އަބަދުވެސް ތައްޔާރީ ހާލަތުގައި އިތާފުށީގައި ބާއްވާފައި އޮންނަ ކަމަށް މައުލޫމާތު ލިބެއެވެ.

ރާއްޖެއަކީ އަމްބާނީ އާއިލާގެ މެދުގައި އަބަދުވެސް މަގުބޫލު މަންޒިލެކެވެ. މީގެ ކުރިން އާ އަހަރު ފާހަގަކުރުމަށްވެސް އެ އާއިލާގެ މެމްބަރުން ރާއްޖެ ޒިޔާރަތްކޮށްފައިވާއިރު، އެންމެ ފަހުން މިދިޔަ 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހުވެސް އަނަންތު ވަނީ ރާއްޖެ ވަޑައިގެންފައެވެ. އެފަހަރު ސޮނެވާ ސީކްރެޓްގައި ޗުއްޓީ ހޭދަކުރެއްވިއިރު، ހދ. މަކުނުދޫއަށް ޒިޔާރަތްކޮށް އެރަށުން ކުކުޅަކާއި މުސަޅެއް ބައްލަވައިގަނެ، އެ ތަކެތި އިންޑިއާއަށް ގެންދިއުމަށް މަސައްކަތްކުރެއްވި ހާދިސާއަކީ ގިނަ ބައެއްގެ ސަމާލުކަން ލިބުނު ކަމެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.