އިމިގްރޭޝަންގެ އޮޕަރޭޝަނެއްގައި ބިދޭސީއަކު ހައްޔަރުކޮށްފި

އިމިގްރޭޝަންގެ އޮޕަރޭޝަނެއްގައި ބިދޭސީއަކު ހައްޔަރުކޮށްފި

Author
ހުސައިން
08 ޖެނުއަރީ 2026 09:46
0

ޤަވާއިދާ ޚިލާފަށް ރާއްޖޭގައި މަސައްކަތްކުރަމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރިއަށްގެންދާ ޚާއްސަ މަސައްކަތްތަކުގެ ތެރެއިން، އިއްޔެ މާލޭގެ ހަތަރު ތަނެއް ބަލައި ފާސްކޮށް ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މިއީ ކަމާބެހޭ އިދާރާތައް ގުޅިގެން އެކުލަވާލާފައިވާ ޓާސްކްފޯސްއިން ސިލްސިލާކޮށް ކުރިއަށްގެންދާ އޮޕަރޭޝަންތަކުގެ ބައެއް ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން މައުލޫމާތު ދެއެވެ.

މި މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތަފާސްހިސާބުތައް ހޯމް މިނިސްޓްރީން ދާދިފަހުން ވަނީ ހާމަކޮށްފައެވެ. އެގޮތުން ފާއިތުވި މަހު އެކަނިވެސް 509 ބިދޭސީން ޑީޕޯޓްކޮށްލާފައިވާއިރު، މި ސަރުކާރުގެ ފުރަތަމަ ދެ އަހަރު ދުވަހުގެ ތެރޭގައި ޤަވާއިދާ ޚިލާފަށް އުޅުނު ޖުމްލަ 9،697 ބިދޭސީން ރާއްޖެއިން ފޮނުވާލެވިފައިވާކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.