އިސްލާމިކް މިނިސްޓްރީން މި އަހަރު ވެސް "ނޫރުލް އަޒާން" ބަންގީގެ މުބާރާތް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.
މިނިސްޓްރީން ބުނީ "ނޫރުލް އަޒާން 1447″ މި އަހަރު ކުރިއަށް ގެންދާނީ ކޮންމެ އަތޮޅަކުން ބައިވެރިއަކު ހޮވައިގެން ކަމަށެވެ. 15 އަހަރާއި 20 އަހަރާ ދެމެދުގެ އުމުރުފުރާގައި ހިމެނޭ ފަރާތްތަކަށް ހާއްސަކޮށްގެން ބާއްވާ މި މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކަށް އޮޑިޝަނުގައި ބައިވެރިވުމުގެ ފުރުސަތު މީހުން ދިރިއުޅޭ 19 އަތޮޅުގެ ކޮންމެ ރަށެއްގައި ވަނީ ހުޅުވާލައިފައެވެ. އޮޑިޝަނުން ހޮވޭ 19 ބައިވެރިންނާއެކު މި މުބާރާތް ކުރިއަށް ގެންދާނީ މައިގަނޑު 2 ބުރެއްގައެވެ. ފުރަތަމަ ބުރުގައި ކޮންމެ ބައިވެރިއަކުވެސް އެމީހެއްގެ އިޚްތިޔާރުކުރާ އަޒާނެއް ދޭން ޖެހޭއިރު، ދެވަނަ ބުރަށް ދާނީ ރައުންޑް 1 އިން ގަދަ 7 ބައިވެރިންނާއެކުގައެވެ. ދެވަނަ ބުރުގައި ބައިވެރިން އަޒާން ދޭންޖެހޭނީ ހަވާލުކުރެވޭ މަގާމާތުތަކުން އިހްތިޔާރުކުރާ މަގާމުތަކަށެވެ.
ކޮމެންޓު ފޮނުވާ