ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީން ހޯދުމަށް ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި މާލޭގެ ހަތް ތަނެއް ބަލައި ދެ ބިދޭސީއަކު ހައްޔަރުކޮށްފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ބުނެފިއެވެ. ޤަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުންދާ ބިދޭސީންނަށް އަމާޒުކޮށް ޓާސްކްފޯސްއިން ކުރިއަށްގެންދާ އޮޕަރޭޝަންތަކުގެ ތެރެއިން މިއަދު ކުރިއަށްގެންދިޔަ އޮޕަރޭޝަނުގައި މާލޭގައި ހިންގަމުންދިޔަ ހަތް ތަނަކުން އެ ދެ ބިދޭސީން ހައްޔަރުކޮށް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އިމިގްރޭޝަނުން ހާމަކުރެއެވެ. ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން މިދިޔަ މަހު 509 ބިދޭސީން ޑީޕޯޓުކުރި ކަމަށާއި، ސަރުކާރުގެ ދެ އަހަރުގެ ތެރޭގައި ޖުމްލަ 9697 ބިދޭސީން ޑީޕޯޓުކޮށްފައިވާ ކަމަށް ހޯމް މިނިސްޓްރީން ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ