ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ ދާއިމީ ބައްޔަށް ފަރުވާ ކުރަމުން އަންނަ މީހުންނަށް ޕެންޝަންގެ ފައިސާ އެއްކޮށް ނެގޭނެ ގޮތް ހައްދަވައިދެއްވާނެ ކަމަށެވެ.
މާލޭ ގަލޮޅު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ޕެންޝަންގެ ފައިސާ ބޭނުން ކުރެއްވޭނެ އިތުރު ފުރުސަތުތައް ހަމަޖައްސަވައި ދެއްވާނެ ކަމަށާއި މިހާރު ވެސް ހައުސިންގެ ބައެއް ކަންކަމަށް ޕެންޝަންގެ ފައިސާ ބޭނުން ކުރަން ފަށާފައިވާ ކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ ޓާމިނަލް އިލްނެސްގައި ޖެހިފައިވާ މީހުންނަށް ޕެންޝަން އެއްކޮށް ނެގޭނެ ގޮތް ހަދައި، ހައުސިންއާ ގުޅޭ އިތުރު ބައެއް ކަންކަން ހިމަނައިގެން ޕެންޝަންގެ ގާނޫނަށް އިސްލާހު ގެނައުމަށް ދާދި އަވަހަށް މަޖިލީހަށް ފޮނުއްވާނެ ކަމަށެވެ. މި އިސްލާހުތަކުގެ ސަބަބުން ގިނަ ފަރާތްތަކަށް މިހާރަށް ވުރެ ގިނަ ފުރުސަތުތައް ލިބިގެންދާނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
ކޮމެންޓު ފޮނުވާ