މާލެއާއި ހުޅުމާލެއާ ދެމެދު އަޅާފައިވާ ބުރިޖު މަތިން ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ދެ މީހަކަށް އަނިޔާވެއްޖެ އެވެ. މިރޭ 18:35 ހާއިރު ހިނގި މި އެކްސިޑެންޓާ ގުޅޭ މައުލޫމާތު ފުލުހުންނަށް ލިބުނު ކަމަށް، ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނެފައިވެ އެވެ.
ފުލުހުން ބުނީ، މާލެއިން ހުޅުމާލެއަށް ދުއްވާފައި ދިޔަ ދެ ސައިކަލު ޖެހި ހިނގި މި އެކްސިޑެންޓުގައި އަނިޔާވެފައި ވަނީ ދެ ސައިކަލުގައި ތިބި ދެ ފިރިހެނުންނަށް ކަމަށެވެ. އަދި އެ ދެ މީހުންނަށް މިހާރު ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށް ވެސް ފުލުހުން ހާމަކުރި އެވެ.
މި އެކްސިޑެންޓުގައި އަނިޔާވި މީހުންނަށް މިނިސްޓަރު އިހުސާން އެހީތެރިކަން ފޯރުކޮށްދެއްވައިފައިވާ ކަން ފާހަގަކުރައްވައި ފުލުހުން ބުނީ، އެކްސިޑެންޓުގައި އަނިޔާވި މީހުން ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ މިނިސްޓަރުގެ ކާރުކޮޅުގައި ކަމަށެވެ.
އަދި މި އެކްސިޑެންޓުގައި އެކެއްގެ މޫނުމަތި ފަޅައިގެން ގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ. ދެމީހުންގެ ގައިގެ އެކި ތަންތަން މަށައިގެން ގޮސް އެކިވަރުގެ އަނިޔާ ލިބިފައިވާއިރު، އެ ދެ މީހުންގެ ސައިކަލަށް ވެސް އެކި ވަރުގެ ގެއްލުން ވެފައިވާ ކަމަށް ފުލުހުންގެ މައުލޫމާތުދެއެވެ.
ކޮމެންޓު ފޮނުވާ