ޒަކާތު ފަންޑުން އެހީ ނުލިބުނުކަމަށް ބުނާ އަންހެނެއްގެ މާލީ ހާލަތު އިސްލާމިކް މިނިސްޓަރު ހާމަކުރައްވައިފި

ޒަކާތު ފަންޑުން އެހީ ނުލިބުނުކަމަށް ބުނާ އަންހެނެއްގެ މާލީ ހާލަތު އިސްލާމިކް މިނިސްޓަރު ހާމަކުރައްވައިފި

Author
ހުސައިން
25 ނޮވެމްބަރ 2025 01:24
0

ރައީސް ޑރ.މުހައްމަދު މުއިއްޒު ވިލިމާލޭގައި ރޭ ބޭއްވެވި ރައްޔިތުންނާ ބައްދަލުކުރެއްވުމުގައި ޒަކާތު ފަންޑުން އެހީ ނުލިބުނު ކަމަށް ބުނެ އައިޝާ ނަމަކަށް ކިޔާ އަންހެނަކު ހިޔާލު ފާޅުކުރުމާ ގުޅިގެން، އެ މީހާގެ ބޭންކު އެކައުންޓުގެ ތަފްސީލުތައް އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް މިއަދު ސޯޝަލް މީޑިއާގައި އާންމުކުރައްވައިފި އެވެ. ބަލި ކުއްޖަކު ހިމެނޭ ގޮތުން ފަސް ދަރިން ބަލަމުން އަންނަ އައިޝާ އެ ބައްދަލުވުމުގައި ބުނީ ވަޒީފާ ލިބިފައިވަނީ ފަސް ދުވަސް ކުރިން ކަމަށާ، އެކައުންޓުގައި ފައިސާ ހުރިކަމަށް ބުނެ ޒަކާތުގެ އެހީ ނުލިބުނު ކަމަށެވެ.

މިނިސްޓަރު ޝަހީމް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ އަންހެން މީހާ އަށް ޒަކާތު ހައުސް އިން މިދިޔަ ސެޕްޓެމްބަރު މަހު 15،500 ރުފިޔާ ދީފައިވާ ކަމަށާ، އަދި އޭނާ ފަގީރުންގެ ލިސްޓަށް ނާރާ ސަބަބަކީ އެކަނިވެރި މައިންގެ އިނާޔަތާއި ވަޒީފާގެ މުސާރައާ އެކު މަހަކު 22،000 ރުފިޔާ ލިބޭތީ ކަމަށެވެ. ޝަހީމް އިތުރަށް ހާމަކުރެއްވި ގޮތުގައި އެ އަންހެން މީހާގެ އަތުގައި 75،000 ރުފިޔާ ހުރި ކަމަށާއި، މި މައުލޫމާތު ލިބިފައި ވަނީ ޒަކާތު ހައުސް އިން ކަމަށެވެ. ނަމަވެސް އަމިއްލަ ބޭންކު އެކައުންޓުގެ މައުލޫމާތު ހޯއްދެވި ގޮތެއް މިނިސްޓަރު ސާފުކޮށް ދީފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.