ރާއްޖެއަށް ލިބޭ ހުރިހާ ފައިސާއެއް ދަނީ ޚިޔާނާތުގެ ތެރެއަށް: ސިޔާމް

ރާއްޖެއަށް ލިބޭ ހުރިހާ ފައިސާއެއް ދަނީ ޚިޔާނާތުގެ ތެރެއަށް: ސިޔާމް

Author
ޙަސަން މުޙައްމަދު
10 އޮކްޓޯބަރ 2025 08:07
0

ރާއްޖެއަށް ލިބޭ ހުރިހާ ފައިސާއެއް ދަނީ ހިޔާނާތުގެ ތެރެއަށް ކަމަށް މަޝްހޫރު ވިޔަފާރިވެރިޔާ އަދި މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެއެވެ.

ޔޫޓިއުބް ޗެނަލް "ދެނޯ" އަށް ދެއްވި އިންޓަވިއުއެއްގައި ސިޔާމް ފާހަގަކުރެއްވީ ރާއްޖެއަކީ ވަރަށް މުއްސަނދި ގައުމެއް ކަމަށާއި އޭޝިއާގެ ގައުމުތަކާ އަޅާބަލާއިރު ވެސް އުފެއްދުންތެރިކަމާ އަޅާބަލާއިރު ބޮލަކަށް ޖެހޭ އާމްދަނީ އެންމެ ގިނައިން ލިބޭ ގައުމަކީ ރާއްޖެ ކަމަށެވެ. އެކަމަކު މި ގައުމަށް ލިބޭ ވަރަށް ގިނަ ފައިސާ ދަނީ ހަމަ ހިޔާނާތުގެ ތެރެއަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ދައުލަތުން އެތައް ސަތޭކަ ކުންފުންޏެއް ހިންގަމުންދާއިރު އެ ކުންފުނިތަކަށް ފައިދާއެއް ނުނެރެވޭކަން ފާހަގަކުރައްވަމުން ސިޔާމް ވިދާޅުވީ ކޮންމެ އަހަރަކު އެ ކުންފުނިތަކަށް އެތައް ބިލިއަން ރުފިޔާއެއްގެ ގެއްލުން ވަމުންދާ ކަމަށެވެ. އެހެންވީމަ ލިބޭ ހުރިހާ ޓެކްސްއެއް އަންދާލައި އަލިފާނަށް ލައި ކަނޑަށް އަޅާލަނީ ކަމަށާއި މިކަންކަން ހުއްޓާލައި ސަރުކާރުގެ ހުރިހާ ކުންފުނިތަކެއް ހުއްޓާލަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އޮޑިޓް އޮފީހުން ފެނަކައިގެ އޮޑިޓް ރިޕޯޓަށް އިޝާރާތް ކުރައްވަމުން ސިޔާމް ވިދާޅުވީ އެއީ އެތައް ބިލިއަން ރުފިޔާއެއްގެ ހިޔާނާތެއް ކަމަށެވެ. ނަމަވެސް އެއީ ވަކި ސަރުކާރަކާ ގުޅިފައިވާ ކަމެއް ނޫން ކަމަށާއި ފެށުނީއްސުރެ ރާއްޖޭގައި އެކަން އޮންނަ ގޮތީ މީކަން ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.