ރަސްދޫ މަގުތައް ތަރައްޤީކުރުމުގެ މަޝްރޫޢު އާރުޑީސީއާ ހަވާލު ކޮށްފި

ރަސްދޫ މަގުތައް ތަރައްޤީކުރުމުގެ މަޝްރޫޢު އާރުޑީސީއާ ހަވާލު ކޮށްފި

Author
ޙަސަން މުޙައްމަދު
20 އޮގަސްޓް 2025 08:59
0

އއ. ރަސްދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢު ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ހަވާލުކޮށްފިއެވެ. މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރެވުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރަސްދޫއަށް ކުރެއްވި ދަތުރުފުޅުގައި ރައްޔިތުންނާ ބައްދަލުކުރެއްވި ޖަލްސާގައެވެ.

މި އެއްބަސްވުމުގައި އިމާރާތް ކުރުމާބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. އާރުޑީސީގެ ފަރާތުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިބްރާޙިމް ނަޒީމް ސޮއިކުރެއްވިއެވެ.

ރާއްޖޭގެ އެކި ރަށްރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. ނަމަވެސް އެއްވެސް ރަށެއްގެ މަގުތަކުގައި ތާރުއެޅުމަށް މަޖުބޫރެއް ނުކުރާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއެވެ.

ލޯކަލް ޓުއަރިޒަމް ހިންގާ ރަށްރަށުގައި ވެލި މަގުތައް ދަމަހައްޓައި، ފެންބޮޑުވުން ފަދަ ކަންކަން ހައްލުކުރުމަށް ބޭނުންވާ ވެހިކަލްތަކާއި މަގު މަރާމާތުކުރާ އާލާތްތައް ހޯދައިދިނުމަށް ބައެއް ކައުންސިލްތަކުން އެދިފައިވާކަމަށް ރައީސް ފާހަގަކުރެއްވިއެވެ. މިފަދަ ވަޞީލަތްތައް ސަރުކާރުން ފޯރުކޮށްދީ، ރައްޔިތުންގެ ބޭނުންތަކަށް އެކަށީގެންވާ ގޮތަށް މައްސަލަތައް ހައްލުކޮށްދޭނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.