ސްޕެނިސް ލަލީގާއާއި ރޭ ބާސެލޯނާ ހަނިގޮތަކަށް މޮޅުވިއިރު، ފަހު ވަގުތު ޖެހި ގޯލުން މޮޅުވެ އެތްލެޓިކޯ މެޑްރިޓް އަލުން އެއްވަނަ ކަށަވަރުކޮށްފިއެވެ.
އަމިއްލަ ދަނޑުގައި ހުއެސްކާ އާއި ދެކޮޅަށް ބާސެލޯނާ ކުޅުނު މި މެޗުން އެޓީމު މޮޅުވީ 0-1 ގެ ނަތީޖާ އަކުންނެވެ. މިއީ ބާސެލޯނާގެ ކެޕްޓަން ލިއޮނެލް މެސީ ބާސާގެ ޖާޒީގައި ކުޅުނު 500 ވަނަ މެޗެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ބާސާގެ ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އެޓީމުގެ ޒުވާން މިޑްފީލްޑަރު ފްރޭންކީ ޑި ޖޯންގް އެވެ. މިއީ މެސީ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބު ކުރި ލަނޑެކެވެ.

ރޭ މޮޅުވި ބާސެލޯނާ އޮތީ 16 މެޗުން 28 ޕޮއިންޓާ އެކު ފަސް ވަނައިގަ އެވެ. އެ ޓީމުގެ ކުރީގައި ހަތަރު ވަނައިގައި އޮތީ 17 މެޗުން 29 ޕޮއިންޓް ހޯދައިގެން ވިޔަރެއާލެވެ.
ސްޕެނިޝް ލީގުގައި ރޭ ފަހު ވަގުތު ޑިޕޯޓިވޯ އަލަވެސް 2-1 އިން ބަލިކޮށް އެތުލެޓިކޯ މެޑްރިޑުން އަލުން ވަނީ އެއްވަނަ ކަށަވަރު ކޮށްފައެވެ. ރަށުން ބޭރުގައި އަލަވެސްއާ ދެކޮޅަށް އެތުލެޓިކޯ ކުޅުނު މެޗުގެ 41 ވަނަ މިނެޓުގައި އެ ޓީމުން މާކޯސް ލޮރެންޓޭގެ ގޯލުން ލީޑު ނެގި އެވެ. އަލަވެސް އަށް މައްސަލަތަކެއް ދިމާވީ 63 ވަނަ މިނެޓުގައި އެ ޓީމުގެ ލަގުއާޑިއާ އަށް ރަތްކާޑެއް ދެއްކުމުންނެވެ. އެކަމަކު 84 ވަނަ މިނެޓުގައި އެތުލެޓިކޯގެ ފެލިއްޕޭ އަތުން ބައިކޮޅަށް ވަން ލަނޑުން އަލަވެސް އަށް އެއްވަރުވި އެވެ. އެތުލެޓިކޯ މޮޅުކޮށްދިނީ ޔޮއާއޯ ފެލިކްސް ދިން ބޯޅައަކުން ލުއިސް ސުއަރޭޒް ޖެހި ގޯލުންނެވެ.
މިނަތީޖާ ތަކާއި އެކު އެތްލެޓިކޯ އިން ތާވަލުގެ އެއްވަނައިގައި އޮތީ ފަނަރަ މެޗުން 38 ޕޮއިންޓް ހޯދައިގެންނެވެ.
ކޮމެންޓު ފޮނުވާ