2012 ވަނަ އަހަރު ފެބުރުއަރީ މަހުގެ 7 ވަނަ ދުވަހު އޭރުގެ ވެރިކަމާއި ދެކޮޅަށް ސަލާމަތީ ބާރުތަކުން ނިކުމެ މުޒާހަރާ ކުރުމަކީ އެއްވެސް މީހަކަށް އޮޅުވާލެވޭނެ ހަގީގަތެއް ނޫންކަމަށް ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ޤާޒީ އަހުމަދު ހައިލަމް ވިދާޅުވެއްޖެއެވެ.
އެސިސްޓެންޓް ކަމިޝަނާ އޮފް ޕޮލިސްގެ މަޤާމުގައި ހުންނެވި އަބްދުﷲ ފައިރޫޝް ފުލުހުންގެ ވަޒީފާއިން ރިޓަޔާ ކުރެއްވުމުން އޭނާއަށް ތައުރީފު ކުރައްވައި ދެއްކެވި ވާހަތަކާ ގުޅިގެން ކަމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދަށް އެމްޑީޕީގެ އިސްސަފުގެ ބައެއް ބޭފުޅުންގެ ނުރުހުމުގެ ބަސްތައް ވަނީ އަމާޒުވެފައެވެ. މި ބަހުސްގެ ތެރޭގައި ރައީސް ނަޝީދުގެ އިސްތިއުފާއާއި ގުޅޭގޮތުންނާއި، އެދުވަހު ހިންގާފައިވަނީ ބަޣާވާތެއް ނޫންކަމަށް ދީނީ އިލްމުވެރިޔާ ޑރ.އިޔާޒު ވިދާޅުވެ ދައްކަވާފައިވާ ވާހަތަކަށް އިޝާރާތްކޮށް ހައިލަމް ވިދާޅުވީ އިސްތިއުފާ ދެއްވި ސަބަބެއް ސާފު ނުވި ނަމަވެސް، އެދުވަހު ސަލާމަތީ ބާރުތަކުން މުޒާހަރާކޮށް، ރައީސްގެ އިސްތިއުފާ އަށް ގޮވިކަމީ އޮޅުވާލެވެން އޮތް ކަމެއް ނޫންކަމަށެވެ.
އިސްތިއުފާ ދެއްވަންޖެހުނު ސަބަބެއް ސާފުނުވިނަމަވެސް، ދިފާޢީ ބާރުތަކުގެ ބައެއް ބޭފުޅުން މުޒާހަރާކޮށް ރައީސްގެ އިސްތިއުފާއަށް ގޮވިކަމީ ދެކޮޅުހެދެން ނެތް ހަޤީޤަތެއް.
– ހައިލަމް ވިދާޅުވިއެވެ.
ރައީސް ނަޝީދު އިސްތިއުފާ ދެއްވީ މަޖުބޫރު ވެގެން ކަމަށް ބުނާތީ އިޔާޒް ވިދާޅުވީ "ތެޔޮ ބިޑި"އެއް ނުލިބިގެން ވާމަޖުބޫރުގެ ސަބަބުން އިސްތިއުފާ ދިނުމަކުން ބަޣާވާތަކަށް ނުވާނެ ކަމަށެވެ. އިޔާޒުގެ މިވާހަތަކާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންވަނީ އިޔާޒަށް އަމާޒުވެފައެވެ. ޚާއްސަކޮށް އެމްޑީޕީގެ އިސް އެކްޓިވިސްޓުންނާއި، ސިޔާސީ ބައެއް ބޭފުޅުން ދަނީ ސޯޝަލް މީީޑިޔާގައި އިޔާޒަށް ރައްދު ދެއްވަމުންނެވެ.
ކޮމެންޓު ފޮނުވާ