މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު މުހައްމަދު ހިސާމްގެ ހަށިގަނޑު އާއިލާއާ ހަވާލުކުރުމަށްފަހު މިއަދު ވަޅުލައިފިއެވެ.
މ. އަލުވިމާގެ އާގެ، 40 އަހަރުގެ މުހައްމަދު ހިސާމް މަރުވެފައި އޮއްވާ ފެނުނު ކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިދިޔަ ހަފުތާގެ އަންގާރަ ދުވަހު (22 އޭޕްރީލް) ހަވީރު 4:40 ހާއިރުއެވެ.
ފުލުހުންގެ ފަރާތުން މިއަދު ހާމަކުރި ގޮތުގައި، މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލައި، ޕޯސްޓްމޯޓަމް ހެދުމާ ގުޅޭގޮތުން އާއިލާއާ މަޝްވަރާ ކުރެވުނެވެ. އަދި ނިންމަންޖެހޭ ކަންކަން ނިންމުމަށްފަހު، ހިސާމްގެ ހަށިގަނޑު މޯޗަރީއިން ނެރުމުގެ އިންތިޒާމު ހަމަޖައްސާފައިވާ ކަން އާއިލާއަށް އިއްޔެ އަންގާފައިވާނެ ކަމަށްވެސް ފުލުހުން ބުންޏެވެ.
ފުލުހުން މީޑިއާއަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ، "ހިސާމްގެ ހަށިގަނޑު ވަޅުލަން ބޭނުންވަނީ 29 އޭޕްރީލް ވަނަ ދުވަހު (މިއަދު) ކަމަށް އާއިލާއިން ބުނެފައިވާތީ، ހަށިގަނޑު އާއިލާއާ 29 އޭޕްރީލް ވަނަ ދުވަހު ވަނީ ހަވާލުކޮށްފައި" ކަމަށެވެ.
ކޮމެންޓު ފޮނުވާ