ގޮވާމުން ފިތުރު ޒަކާތް ދެއްކުމުގެ ފުރުސަތު ހޮނިހިރު ދުވަހު ހުޅުވާލަނީ

ގޮވާމުން ފިތުރު ޒަކާތް ދެއްކުމުގެ ފުރުސަތު ހޮނިހިރު ދުވަހު ހުޅުވާލަނީ

Author
ޙަސަން މުޙައްމަދު
12 މާރޗް 2026 02:22
0

ގޮވާމުގެ ބާވަތްތަކުން ފިތުރު ޒަކާތް ދެއްކުމުގެ ފުރުސަތު އަންނަ ހޮނިހިރު ދުވަހު ހުޅުވާލާނެ ކަމަށް މޯލްޑިވްސް ޒަކާތު ހައުސް އިން ބުނެފި އެވެ.
މި ފުރުސަތު ހުޅުވާލާނީ މި މަހުގެ 18 ގެ ނިޔަލަށެވެ. ފިތުރު ޒަކާތުގެ ގޮތުގައި ދައްކަންޖެހެނީ، ކޮންމެ ބޮލަކަށް، އެ ބަޔަކު ކެއުމަށް ބޭނުންކުރާ ގޮވާމުގެ ބާވަތަކުން 2.4 ކިލޯ އެވެ.
މާލޭގައި ގޮވާމުން ޒަކާތް ބަލައިގަންނާނީ ސީއެޗްއެސްއީ ގައެވެ. ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ މި މަހުގެ 14، 15، 16 އަދި 18 ވަނަ ދުވަހު ހެނދުނު 10:00 އިން 12:00 އަށެވެ. 16 އަދި 18 ވަނަ ދުވަހު މެންދުރުުފަހު 13:00 އިން 15:00 އަށްވެސް ޒަކާތް ބަލައިގަންނާނެ އެވެ. ބަލައިގަންނާ ބާވަތްތަކުގެ ތެރޭގައި ހަނޑޫ، ރަތް ހަނޑޫ، ބާސްމަތީ ހަނޑޫ، އާދައިގެ ފުށް، އަދި އާޓާ ފުށް ހިމެނެ އެވެ.
ޒަކާތު ހައުސް ހާމަކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މި ރަމަޟާން މަހުގެ ފުރަތަމަ 15 ދުވަހު ޒަކާތުގެ ގޮތުގައި 5.4 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. ގޮވާމުން ޒަކާތް ދެއްކަން ދަތި ފަރާތްތަކަށް، މިހާރު ވެސް އޮންލައިންކޮށް ޒަކާތް ދެއްކޭނެ ކަމަށް ޒަކާތު ހައުސް ބުނެ އެވެ.​​​​​​​​​​​​​​​​

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.