63 ޕެކެޓް މަސްތުވާތަކެއްޗާއެކު މާވަށުން މީހަކު ހައްޔަރުކޮށް 15 ދުވަހަށް ބަންދުކޮށްފި

63 ޕެކެޓް މަސްތުވާތަކެއްޗާއެކު މާވަށުން މީހަކު ހައްޔަރުކޮށް 15 ދުވަހަށް ބަންދުކޮށްފި

Author
އަލީ ރައޫފް
12 މާރޗް 2026 02:09
0

ލ. މާވަށް، ބޭސްގެ، މުހައްމަދު އިބްރާހިމް، 43، ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށް 15 ދުވަހަށް ބަންދުކޮށްފި އެވެ.
ފުލުހުން ބުނި ގޮތުގައި، އޭނާ ހައްޔަރުކޮށްފައި ވަނީ މާވަށް މަސްތުވާތަކެތިން ސާފު ރަށަކަށް ހެދުމަށް ކުރަމުންދާ ހާއްސަ އޮޕަރޭޝަންގެ ތެރެއިންނެވެ. މި މަހުގެ 10 ވަނަ ދުވަހުގެ ރޭ ރަށުތެރެ ޕެޓްރޯލް ކުރަމުން ދަނިކޮށް ތުހުމަތު ކުރެވިގެން ހުއްޓުވައި ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ 63 ރަބަރު ޕެކެޓް ފެނިފައިވެ އެވެ.
ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.​​​​​​​​​​​​​​​​

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.