ހުއްޓިފައިވާ ކުޅުދުއްފުށީ 400 ހައުސިން ޔުނިޓްގެ މަސައްކަތް އަލުން ފަށަނީ

ހުއްޓިފައިވާ ކުޅުދުއްފުށީ 400 ހައުސިން ޔުނިޓްގެ މަސައްކަތް އަލުން ފަށަނީ

Author
ހުސައިން
12 މާރޗް 2026 02:26
0

ހދ. ކުޅުދުއްފުށީގައި ހުއްޓިފައިވާ 400 ހައުސިން ޔުނިޓްގެ މަސައްކަތް އަލުން ފެށުމުގެ އެންމެ ފަހުގެ ތައްޔާރީތައް ދަނީ ކުރަމުން ކަމަށް އެޗްޑީސީ ބުނެފި އެވެ.
މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ 2023 ވަނަ އަހަރުގެ މެއި މަހު، ދޮންބޭޒް ޕްރައިވެޓް ލިމިޓެޑްގެ ޖޮއިންޓް ވެންޗާ ކުންފުންޏާ ހަވާލުކޮށްގެންނެވެ. ނަމަވެސް މަސައްކަތް ހުއްޓި، ދިގުލައިގެން ދިއުމާ ގުޅިގެން، ރެއިންބޯ ކޮންސްޓްރަކްޝަންއާ ހަވާލުކޮށްގެން ދެން މަސައްކަތް ފަށަން ތައްޔާރުވެފައިވާ ކަމަށް އެ ކޯޕަރޭޝަނުން ބުނެ އެވެ. މަސައްކަތް ފެށުމަށް ބޭނުންވާ ތަކެތި މިހާރު ރަށަށް ގެންގޮސްފައިވާ ކަމަށް ވެސް ބުނެ އެވެ.
11 ބުރިއަށް ނަގާ ފަސް ޓަވަރު ހިމެނޭ މި މަޝްރޫއުގައި ހުރިހާ ޔުނިޓެއް ވެސް ހިމެނެނީ ތިން ކޮޓަރި ފްލެޓްގެ ގޮތުގަ އެވެ. ކުޅުދުއްފުށީ 400 ހައުސިން ޔުނިޓްގެ މަޝްރޫއު ވަނީ ގދ. ކުޅުދުއްފުށީގައި 2،000 ހައުސިން ޔުނިޓް ތަރައްގީ ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެފައިވާ ވައުދުގެ ތެރެއަށް ވައްދާ، ގދ. ކުޅުދުއްފުށީ ބޯހިޔާވަހިކަމުގެ ޕްލޭންގެ ތެރެއަށް ވެސް ލާފަ އެވެ.
ސަރުކާރުން ނިންމާފައިވާ ގޮތަށް ބަލާ ނަމަ، 2،000 ޔުނިޓްގެ ތެރެއިން 1،300 ޔުނިޓް ލޭންޑް ޔޫޒް ޕްލޭންގައި ކަނޑައެޅިފައިވާ ބިންތަކުގައި އިމާރާތް ކުރާ ގޮތަށް ވަނީ ހަމަ ޖެހިފަ އެވެ. ބާކީ 700 ޔުނިޓް ހާއްސަ ކުރީ، ރަށުގައި އަމިއްލަ ގޯތި ހިމެނޭ ފަރާތްތަކުގެ ބިމުގައި ހައުސިން ޔުނިޓް ތަރައްގީ ކުރުމަށެވެ.​​​​​​​​​​​​​​​​

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.