ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި، ގައުމީ ވޮލީ ޓީމަށް ކުރިން ކުޅެފައިވާ ވ. ކެޔޮދޫ، ދޭލިޔާގެ، އަހުމަދު ފާޒިލް (31އ) ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނިގޮތުގައި ފާޒިލް ހައްޔަރުކުރީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި، ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި ވ. އަތޮޅު ފުލުހުން ގުޅިގެން، ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން މިދިޔަ ބުރާސްފަތި ދުވަހު ހިންގި އޮޕަރޭޝަނެއްގައެވެ. މި އޮޕަރޭޝަނުގައި ކެޔޮދޫން ދެ ގެ ބަލައި ފާސްކުރި އިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ 265.01 ގުރާމުގެ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ފާޒިލްގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އޭނާ 10 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. ވޮލީ އާއިލާއަކަށް ނިސްބަތްވާ ފާޒިލަކީ ކުރިން އެކި ކްލަބުތަކަށާއި ގައުމީ ޓީމަށް ވެސް ކުޅެފައިވާ، މޮޅު ކުޅުމެއް ދައްކާފައިވާ ކުޅުންތެރިއެކެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ