ހިޔާ ޕާކުގައި “އަވަށްޓެރި ރޯދަ ވީއްލުން” ބާއްވަނީ

ހިޔާ ޕާކުގައި “އަވަށްޓެރި ރޯދަ ވީއްލުން” ބާއްވަނީ

Author
ޙަސަން މުޙައްމަދު
12 މާރޗް 2026 02:05
0

އެޗްޑީސީއާއި ހުޅުމާލޭ ފޭސް ދޭއްގައި ދިރިއުޅޭ ރައްޔިތުން ގުޅިގެން މިއަދު ހަވީރު ހިޔާ ޕާކުގައި “އަވަށްޓެރި ރޯދަ ވީއްލުން” ބާއްވަން ތައްޔާރުވެއްޖެ އެވެ.
މި ރޯދަ ވީއްލުން ފެށޭނީ ހަވީރު 18:00 ގަ އެވެ. މިއީ މި ރޯދަ މަހު އެޗްޑީސީން އިސްނަގައިގެން ހުޅުމާލޭގެ އެކި ހިސާބުތަކުގައި ބާއްވާ މިފަދަ ތިންވަނަ ހަރަކާތެވެ.
މީގެ ކުރިން، އެޗްޑީސީ އަދި އެފްޑީސީ ގުޅިގެން ހުޅުމާލޭ ފޭސް ދޭއްގެ އެފްޑީސީ ފްލެޓުތަކުގެ ރައްޔިތުންނަށް ހާއްސަ ރޯދަ ވީއްލުމެއް ބާއްވާފައިވެ އެވެ. ދެ ވަނަ ރޯދަ ވީއްލުން ބޭއްވީ ހުޅުމާލޭ ފޭސް އެކެއްގެ ހުރަވީ ސްކޫލު ކުރިމަތީގަ އެވެ.
ހުޅުމާލޭ ރައްޔިތުންނާއި އެޗްޑީސީ އަދި ނެއިބަހުޑް ޕޮލިހާ ގުޅިގެން ކުރިއަށްގެންދާ މި ހަރަކާތުގެ މަގްސަދަކީ ދިވެހިންގެ ތެރޭގައި ޒަމާނުއްސުރެ ހިފަހައްޓަމުން އައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާ ކުރުން ކަމަށް އެޗްޑީސީ ބުނެ އެވެ. އެ ކޯޕަރޭޝަނާއި ރައްޔިތުން ގުޅިގެން މިދިޔަ އަހަރުވެސް ހުޅުމާލޭގެ ތަފާތު ސަރަހައްދުތަކުގައި މިފަދަ ރޯދަ ވީއްލުންތައް ވަނީ ބާއްވާފަ އެވެ.​​​​​​​​​​​​​​​​

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.