ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ތިލަފުށީގައި ކްލިނިކެއް ހިންގުމަށް ޔުނިޓެއް ކުއްޔަށް ދިނުމަށް ހުޅުވާލައިފިއެވެ. މި ޔުނިޓަކީ 669.30 އަކަފޫޓުގެ ބޮޑުމިނުގެ، ނަންބަރު ޓީއެލްސީ-ޖީ-01 ޔުނިޓެވެ.
މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މެއި 22، 2025 ގެ ނިޔަލަށް ޕްރޮޕޯސަލް ހުށަހެޅުމަށް އެޗްޑީސީން ދަޢުވަތު ދީފައިވެއެވެ. ޕްރޮޕޯސަލް ހުށަހަޅާއިރު، ފަރާތްތަކަށް ދެވިފައިވާ އިރުޝާދާ އެއްގޮތަށް ބިޑް ސެކިއުރިޓީއެއް ހުށަހަޅަންޖެހޭނެއެވެ.
އެޗްޑީސީން މައުލޫމާތު ދެއްވާގޮތުގައި މެއި 4، 2025 ގައި ޒޫމް މެދުވެރިކޮށް ޕްރީ-ޕްރޮޕޯސަލް ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ސުވާލުތައް ހުށަހެޅުމުގެ ސުންގަޑިއަކީ މެއި 7، 2025 ކަމަށާއި، އެ ސުވާލުތަކަށް ޖަވާބު ދިނުމަށް ހަމަޖެހިފައިވަނީ މެއި 12، 2025 ގައި ކަމަށް ބަޔާންކޮށްފައިވެއެވެ.
މިކަމާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް އެޗްޑީސީގެ ވެބްސައިޓް www.hdc.mv އަދި properties.hdc.mv އަށް ޒިޔާރަތްކުރުމަށް ވަނީ އިރުޝާދު ދެއްވާފައެވެ.
ކޮމެންޓު ފޮނުވާ