އެޗްޑީސީގެ ބޯޑު މެންބަރަކު މަގާމުން ވަކިކޮށްފި

އެޗްޑީސީގެ ބޯޑު މެންބަރަކު މަގާމުން ވަކިކޮށްފި

ގުޅުންހުރި

ހުޅުމާލެ ބަލަހައްޓާ ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ބޯޑް މެންބަރެއް ކަމުގައިވާ މުހައްމަދު ވަހީދު، ހއ. ފިއްލަދޫ، މަބުސްތާނުގެ، މަގާމުން ވަކިކޮށްފިއެވެ. ސަރުކާރުގެ ކުންފުނިތައް ބަލަހައްޓާ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރައިޓައިޒޭޝަން ބޯޑް (ޕީސީބީ)އިން މިއަދު މިކަން އިޢުލާންކޮށްފައިވެއެވެ.

މުހައްމަދު ވަހީދު އެޗްޑީސީގެ ބޯޑަށް ހަމަޖައްސާފައިވަނީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ. އޭނާއަކީ މީގެ ކުރިން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އަދި ހައުސިން މިނިސްޓްރީގައި ވެސް މަސައްކަތްކުރައްވާފައިވާ ބޭފުޅެކެވެ. އެހެންނަމަވެސް، އޭނާ މަގާމުން ވަކިކުރި ސަބަބެއް ޕީސީބީއިން ހާމަކޮށްފައެއް ނުވެއެވެ.

އެޗްޑީސީގެ ބޯޑުގައި 10 މެންބަރުން ތިއްބެވެ. ފާހަގަކޮށްލެވޭ ކަމަކީ، ހުޅުމާލެއިން ވަގަށް ގޯތިތަކެއް ދޫކުރި މައްސަލަ ފަޅާއެރުމާ ގުޅިގެން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި ފަޒުލް ރަޝީދު މިދިޔަ ޑިސެމްބަރު މަހު މަގާމުން އިސްތިއުފާ ދެއްވާފައިވާކަމެވެ.

މިހާރު އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ފުރުއްވަނީ މުހައްމަދު މައުރޫފް ޖަމީލް އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ