ބިންވެރިޔާ ސްކީމާ ގުޅޭ އޮޑިޓުން ފާހަގަވި މައްސަލަތައް ފުލުހުންނަށް ހުށަހެޅި

ބިންވެރިޔާ ސްކީމާ ގުޅޭ އޮޑިޓުން ފާހަގަވި މައްސަލަތައް ފުލުހުންނަށް ހުށަހެޅި

ގުޅުންހުރި

ހުޅުމާލެ، 17 މާރޗް 2025 – ސަރުކާރުގެ 'ބިންވެރިޔާ' ސްކީމްގެ ދަށުން ދޫކުރެވުނު ބިންތަކާ ގުޅިގެން ހިންގުނު ހާއްސަ އޮޑިޓަކުން ފާހަގަކުރެވުނު މައްސަލަތައް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ދިވެހި ފުލުހުންގެ ހިދުމަތަށް ހުށަހަޅާފައިވާ ކަމަށް މިއަދު އެ ކުންފުނިން ހާމަކޮށްފިއެވެ.

އެޗްޑީސީން ނެރުނު ނޫސް ބަޔާނުގައި ބަޔާންކޮށްފައިވާ ގޮތުގައި، ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން ދޫކުރެވުނު ބިންތަކުގައި އިމާރާތް ކުރުމުގެ ހުއްދައަށް އެދޭއިރު، އެއް ބިމަކަށް އެއް ފަރާތަށްވުރެ ގިނަ ފަރާތްތަކުން ހުއްދައަށް އެދި ހުށަހަޅަމުންދާކަން ފާހަގަކުރެވިފައިވެއެވެ.

މި މައްސަލަ ކުންފުނީގެ ސަމާލުކަމަށް އައުމާ ގުޅިގެން، އެކަން އިތުރަށް ބަލައި، އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާކަމަށް އެޗްޑީސީން ވަނީ ހާމަކޮށްފައެވެ.

"ބިންވެރިޔާ ސްކީމާ ގުޅޭގޮތުން ކުރެވުނު ހާއްސަ އޮޑިޓުން މިފަދަ އިތުރު މައްސަލަތަކެއް ވެސް ފާހަގަކުރެވިފައިވޭ. އަދި މިކަން އިތުރަށް ތަޙްޤީޤުކުރުމަށްޓަކައި އަޅުގަނޑުމެން ވާނީ ފުލުހުންނަށް ހުށަހަޅާފައި،" އެޗްޑީސީގެ ބަޔާނުގައި ބުނެފައިވެއެވެ.

އެޗްޑީސީން ދެމުން ގެންދަނީ މިފަދަ މައްސަލަތަކާ ގުޅޭގޮތުން ކުރިއަށް އޮތްތަނުގައި ވެސް ޙާއްސަ ސަމާލުކަމެއް ދީގެން ބަލައި، އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެކަމުގެ ޔަޤީންކަމެވެ.

"އެޗްޑީސީން އަބަދުވެސް މަސައްކަތްކުރަނީ އާންމުންގެ ލާބަޔާއި މަންފާއަށް އަދި އާންމުންނަށް ދޭންޖެހޭ ޚިދުމަތްތައް ނަޒާހަތްތެރިކަމާއެކު އެންމެ ފުރިހަމައަށް ފޯރުކޮށްދިނުމަށް،" އެޗްޑީސީގެ ނޫސް ބަޔާނުގައި ބަޔާންކޮށްފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ