ބަނގުރާގެ ވިޔަފާރި ކުރި ބަންގްލަދޭޝް މީހަކު ޑީޕޯޓް ކޮށްލަނީ

ބަނގުރާގެ ވިޔަފާރި ކުރި ބަންގްލަދޭޝް މީހަކު ޑީޕޯޓް ކޮށްލަނީ

ގުޅުންހުރި

ގަވާއިދާ ހިލާފަށް ބަނގުރާ ގެންގުޅެ، ބޭނުންކޮށް އަދި އެތަކެތީގެ ވިޔަފާރިކުރި ބިދޭސީއަކު ހައްޔަރުކޮށް، ޑީޕޯޓްކުރުމަށް އިމިގްރޭޝަނާ ހަވާލުކޮށްފިއެވެ.

މި މައްސަލައިގައި މާރިޗު މަހުގެ 5 ވަނަ ދުވަހު ފުލުހުން ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ 44 އަހަރުގެ ސޮފިޤުލް އިސްލާމްއެވެ.

ފުލުހުންގެ ކައުންޓަރ-ނާކޮޓިކްސް އިންޓެލިޖެންސްއާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި މާލޭގެ މަގުމަތިން އޭނާ ހުއްޓުވައި ބަލައިފާސްކުރުމަށްފަހު، އޭނާ ދިރިއުޅޭ ތަން ވެސް ބަލައިފާސްކޮށްފައިވެއެވެ. މި އޮޕަރޭޝަނުގައި އޭނާގެ އަތުން ޖުމްލަ 18 ފުޅި ބަނގުރާ ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ.

ރާއްޖޭގައި އަލްކޮހޯލް ގެންގުޅުމާއި، ބޭނުންކުރުމާއި، ވިއްކުމަކީ ޤާނޫނީގޮތުން މަނާކަމެއްކަމާއި، މިފަދަ ކުށެއް ކޮށްފިނަމަ ޖޫރިމަނާކުރުމާއެކު ޖަލަށްލުމުގެ އިޚްތިޔާރު ޝަރުޢީ ކޯޓުތަކަށް ލިބިގެންވެއެވެ. ބިދޭސީއެއްގެ ފަރާތުން މިފަދަ ކަމެއް ފެނިއްޖެނަމަ، އެމީހަކު ޑީޕޯޓްކުރުމުގެ ބާރު ވެސް ސަރުކާރަށް ލިބިގެންވެއެވެ.

ސޮފިޤުލް އިސްލާމްގެ މައްސަލައިގައި އިތުރު ތަޙްޤީޤުތައް ކުރިއަށްދާއިރު، ބަނގުރާގެ ޤާނޫނީ ޚިލާފު ވިޔަފާރިއާ ގުޅުންހުރި އިތުރު ފަރާތްތަކެއް ހުރިތޯ ބަލަމުންދާކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ