އެޗްޑީސީން އެއް މިލިއަން ގަސް އިންދަނީ

އެޗްޑީސީން އެއް މިލިއަން ގަސް އިންދަނީ

Author
ހުސައިން
23 ފެބްރުއަރީ 2025 09:47
0

އެޗްޑީސީން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމުގެ ދަށުން، އެއް މިލިއަން ގަސް އިންދުމަށް ނިންމައިފިއެވެ. މިކަމާ ގުޅޭ ޕްލެޖްގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބޭއްވުނީ ކުޑަގިރީގައެވެ. މި ޕްލެޖްގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު މައުރޫފް ޖަމީލް އެވެ.

މި މަޝްރޫއުގެ ދަށުން އިންދާ ގަސްތައް ހެއްދުމަށްޓަކައި އެޗްޑީސީން ވަނީ ލ. ގަމުގައި އެއްލައްކަ އަކަފޫޓުގެ ނާސަރީއެއް ގާއިމްކުރުމަށް ނިންމާފައެވެ. މި ނާސަރީގައި ހައްދާ ގަސްތައް އިންދާނީ ހުޅުމާލެ، ރަސްމާލެ، ކުޑަގިރި، ތިލަފުށި އަދި ގުޅީފަޅުގައެވެ.

ރައީސް މުއިއްޒު މި ޕްރޮގްރާމް އިއުލާންކުރެއްވީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހު ޔޫއޭއީގައި ބޭއްވުނު "ކޮޕް28″ ގައެވެ. މި ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި ކުރިއަށް ގެންދިއުމަށް ރޭވިފައިވާ މި ޕްރޮގްރާމުގެ ދަށުން މާލެ އާއި އަތޮޅުތެރޭގައި ޖުމްލަ ފަސް މިލިއަން ގަސް އިންދުމަށް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.