2024 ވަނަ އަހަރު ނިމުނުއިރު ގްރީން ފަންޑުގައި 1.6 ބިލިއަން ރުފިޔާ!

2024 ވަނަ އަހަރު ނިމުނުއިރު ގްރީން ފަންޑުގައި 1.6 ބިލިއަން ރުފިޔާ!

Author
ހުސައިން
22 ފެބްރުއަރީ 2025 10:28
0

ފިނޭންސް މިނިސްޓްރީން ހާމަކުރި ގޮތުގައި 2024 ވަނަ އަހަރު ނިމުނުއިރު ގްރީން ފަންޑުގައި 1.6 ބިލިއަން ރުފިޔާ ހުއްޓެވެ. އެއަހަރު ފެށުނުއިރު ގްރީން ފަންޑުގައި ހުރީ 1.1 ބިލިއަން ރުފިޔާ އެވެ.

މިނިސްޓްރީން އާންމުކުރި ގްރީން ފަންޑު ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރު ފަންޑަށް އެއް ބިލިއަން ރުފިޔާ ޖަމާކުރެވުނެވެ. ނަމަވެސް އެ މުއްދަތުގައި ފަންޑުން 645 މިލިއަން ރުފިޔާ ހަރަދުކުރެވުނެވެ.

2024 ވަނަ އަހަރުގެ ޖެނުއަރީ މަހު ފަންޑަށް 99.5 މިލިއަން ރުފިޔާ ޖަމާކުރެވުނު އިރު، އެ މަހު ހަރަދުކުރެވުނީ 138،907.8 ރުފިޔާއެވެ. ފެބްރުއަރީ މަހު 102.8 މިލިއަން ރުފިޔާ ޖަމާކުރެވުނު އިރު، 93.9 މިލިއަން ރުފިޔާ ހަރަދުކުރެވުނެވެ. މާޗް މަހު 113.8 މިލިއަން ރުފިޔާ ޖަމާކުރެވުނު އިރު، 19.8 މިލިއަން ރުފިޔާ ހަރަދުކުރެވުނެވެ. އެޕްރީލް މަހު 105.7 މިލިއަން ރުފިޔާ ޖަމާކުރެވުނު އިރު، 43.9 މިލިއަން ރުފިޔާ ހަރަދުކުރެވުނެވެ. މޭ މަހު 85.2 މިލިއަން ރުފިޔާ ޖަމާކުރެވުނު އިރު، 43.9 މިލިއަން ރުފިޔާ ހަރަދުކުރެވުނެވެ. ޖޫން މަހު 64.2 މިލިއަން ރުފިޔާ ޖަމާކުރެވުނު އިރު، 56.3 މިލިއަން ރުފިޔާ ހަރަދުކުރެވުނެވެ.

ޖުލައި މަހު 60.6 މިލިއަން ރުފިޔާ ޖަމާކުރެވުނު އިރު، 7 މިލިއަން ރުފިޔާ ހަރަދުކުރެވުނެވެ. އޮގަސްޓް މަހު 87.1 މިލިއަން ރުފިޔާ ޖަމާކުރެވުނު އިރު، 2.7 މިލިއަން ރުފިޔާ ހަރަދުކުރެވުނެވެ. ސެޕްޓެމްބަރު މަހު 88.9 މިލިއަން ރުފިޔާ ޖަމާކުރެވުނު އިރު، 57.6 މިލިއަން ރުފިޔާ ހަރަދުކުރެވުނެވެ. އޮކްޓޫބަރު މަހު 77 މިލިއަން ރުފިޔާ ޖަމާކުރެވުނު އިރު، 75.6 މިލިއަން ރުފިޔާ ހަރަދުކުރެވުނެވެ. ނޮވެމްބަރު މަހު 85.7 މިލިއަން ރުފިޔާ ޖަމާކުރެވުނު އިރު، 71.9 މިލިއަން ރުފިޔާ ހަރަދުކުރެވުނެވެ. އަދި ޑިސެމްބަރު މަހު 109.4 މިލިއަން ރުފިޔާ ޖަމާކުރެވުނު އިރު، 172.4 މިލިއަން ރުފިޔާ ހަރަދުކުރެވުނެވެ.

ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމުގެ އެކި މަސައްކަތްތަކަށް ފައިސާ ހޯދުމަށް ގްރީން ޓެކްސް ނަގަން ފެށީ 2016 ވަނަ އަހަރުގެ އޮކްޓޯބަރު މަހުންނެވެ. ގްރީން ޓެކުހަކީ ރާއްޖޭގައި ހިންގާ ޓޫރިސްޓު ރިޒޯޓުތަކާއި ހޮޓާތަކާއި ގެސްޓްހައުސްތަކުގެ އިތުރުން ޓޫރިސްޓް އުޅަނދުތަކަށް އަންނަ ފަތުރުވެރިންގެ އަތުން ނެގޭ ޓެކުހެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.