މާލޭ ސަރަހައްދުގައި މަސްދަޅު ކޭސް ބަހާ އިތުރު ސަރަހައްދުތައް ހަމަޖައްސަނީ

މާލޭ ސަރަހައްދުގައި މަސްދަޅު ކޭސް ބަހާ އިތުރު ސަރަހައްދުތައް ހަމަޖައްސަނީ

ގުޅުންހުރި

ކުރިއަށް އޮތް ރަމަޟާން މަހަށް ސަރުކާރުން ދޭ މަސްދަޅު ކޭސް ހޯދުމަށް ރައްޔިތުން ދެއްކި ޝައުގުވެރިކަމާ ގުޅިގެން، އިތުރު ސަރަހައްދެއްގައި މަސްދަޅު ބެހުމަށް ހަމަޖައްސާނެ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ރޭ 8:30 ގައި އެސްޓީއޯ މެދުވެރިކޮށް މާލޭގެ ރައްޔިތުންނަށް މަސްދަޅު ކޭސްތައް ބަހަން ފެށުމާއެކު، ގިނަ އަދަދެއްގެ ރައްޔިތުން މަސްދަޅު ބަހާ ސަރަހައްދުތަކަށް ޖަމާވެފައިވެއެވެ. މަސްދަޅު ކޭސް ދޫކުރަން ހަމަޖެހުނު ވަގުތު ހަމަވި ނަމަވެސް، ކިޔުގައި ތިބި އެންމެން ނިމެންދެން ރޭ މަސްދަޅު ކޭސް ބަހާފައިވެއެވެ.

މިހާރު މަސްދަޅު ބަހަމުންދަނީ މާލޭގައި މިފްކޯ އޮފީސް ކޮމްޕައުންޑާއި ހެންވޭރު އެމްޓީސީސީ ސޯމިލުންނެވެ. އަދި ވިލިމާލޭގައި ވެމްކޯ ސައިޓުންނާއި، ހުޅުމާލެ ފޭސް-1 ގައި އުމަރު ޒާހިރު ބިލްޑިންގ އިންނާއި، ހުޅުމާލެ ފޭސް-2 ގައި ހިޔާ ފްލެޓް ޓަވަރ 10 ގެ ޔޫތު ސެންޓަރުންނެވެ.

ކޮންމެ ގޭބީސީއަކަށް ވެސް ދޫކުރަނީ 180 ގްރާމްގެ 48 ދަޅުގެ މަސްކޭހެކެވެ. މަސްދަޅު ބަހަނީ ކަރަންޓު މީޓަރު ނަންބަރަށް ކަމަށްވާއިރު، މަސްދަޅު ކޭސް ބަލާ ދާ މީހާ އައިޑީ ކާޑާއި ކަރަންޓު މީޓަރު ނަންބަރު ގެންދަންޖެހެއެވެ.

މި މަހުގެ 27 ވަނަ ދުވަހާ ހަމައަށް މަސްދަޅު ކޭސް ބެހުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެ މުއްދަތުގެ ތެރޭގައި ބަހާ ނުނިމެއްޖެނަމަ ރޯދަމަހުގެ ތެރޭގައިވެސް މަސްދަޅު ކޭސް ބަހަމުންދާނެކަމަށް ވަޒީރު އާދަމް ޝަރީފް ވިދާޅުވެފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ