ރޯދަ މަހާ ދިމާކޮށް އެސްޓީއޯއިން ގެނެސްފައިވާ ބިސް، ފިޔާ އަދި އަލުވި ބާޒާރަށް ނެރެފި

ރޯދަ މަހާ ދިމާކޮށް އެސްޓީއޯއިން ގެނެސްފައިވާ ބިސް، ފިޔާ އަދި އަލުވި ބާޒާރަށް ނެރެފި

Author
ހުސައިން
19 ފެބްރުއަރީ 2025 04:11
0

ރޯދަ މަހާ ދިމާކޮށް އެސްޓީއޯއިން ބާޒާރަށް ނެރުމަށް ގެނެސްފައިވާ ބިސް، ފިޔާ އަދި އަލުވި ބާޒާރަށް ނެރެފިއެވެ. މިއީ ރޯދަ މަހު އެ ތަކެތީގެ އަގު އެކަށީގެންވާ މިންވަރެއްގައި ހިފެހެއްޓުމަށް އެސްޓީއޯއިން އަޅާ ފިޔަވަޅެކެވެ.

މި ތަކެތި ވިއްކުމަށް ހަމަޖެހިފައިވާ އަގުތަކަށް ބަލާއިރު، ހޯލްސޭލް ކޮށް ބިސް ކޭހެއް ވިއްކާނީ 320 ރުފިޔާއަށެވެ. އަދި އަލުވި އަދި ފިޔާ ބަސްތާއެއް ވިއްކާނީ 310 ރުފިޔާއަށެވެ. ހޯލްސޭލްކޮށް މި ތަކެތި ގަންނަން ބޭނުންވާ ފަރާތްތަކަށް އެސްޓީއޯގެ ހޯލްސޭލް ސެންޓަރާއި އިންޑަސްޓްރިއަލް ވިލެޖް ޒޯންގައި ހުންނަ އެސްޓީއޯ ވެއަރހައުސްއިން މި ތަކެތި ލިބެން ހުންނާނެއެވެ.

ރީޓެއިލްކޮށް މި ތަކެތި ވިއްކަން ހަމަޖެހިފައިވަނީ އެސްޓީއޯ ޕީޕަލްސް ޗޮއިސްއިންނެވެ. ރީޓެއިލް އަގުތަކަށް ބަލާއިރު ބިހެއް ވިއްކާނީ ދެ ރުފިޔާއަށެވެ. އަދި ފިޔާ ކިލޯއެއް 14 ރުފިޔާއަށާއި އަލުވި ކިލޯއެއް 18 ރުފިޔާއަށް ވިއްކަން ހަމަޖެހިފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.