އެޗްޑީސީގެ "އެއްގެއިން އަނެއްގެއަށް" ޕްރޮގްރާމަށް ދަނީ ބޮޑު ތަރުހީބެއް ލިބެމުން!

އެޗްޑީސީގެ "އެއްގެއިން އަނެއްގެއަށް" ޕްރޮގްރާމަށް ދަނީ ބޮޑު ތަރުހީބެއް ލިބެމުން!

ހައުސިން ޑިވެލޮޕްމެންޓް ކޯޕޮރޭޝަން (އެޗްޑީސީ)އިން ކުރިއަށްގެންދާ "އެއްގެއިން އަނެއްގެއަށް" ޕްރޮގްރާމަށް ހުޅުމާލޭ ރައްޔިތުންގެ ފަރާތުން ލިބެމުންދަނީ ފާހަގަކޮށްލެވޭ ވަރުގެ ތަރުހީބެއް ލިބެމުންދާކަމަށް އެކުންފުނިން ބުނެފިއެވެ. މި ޕްރޮގްރާމަކީ ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން، ގޭބީސީތަކުގެ އާބާތުރަ ފިލުވުމުގެ މަސައްކަތުގައި ބޭނުންކުރެވޭ ހާލަތުގައި ހުރި ތަކެތި އުކާލުމުގެ ބަދަލުގައި، އެ ތަކެތި ބޭނުންޖެހިފައިވާ ފަރާތްތަކަށް ހަދިޔާކުރުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ފެބްރުއަރީ 1 ވަނަ ދުވަހު ފެށި ޕްރޮގްރާމެކެވެ.

އެޗްޑީސީގެ މީޑިއާ އޮފިޝަލުން ދެއްވި މަޢުލޫމާތުގައި، މި ޕްރޮގްރާމް ފެށުނު ފުރަތަމަ ތިން ދުވަހުގެ ތެރޭގައި ޖުމްލަ 190 އިންކުއަރީ ލިބި، 42 ފަރާތަކުން ތަކެތި ހަދިޔާކުރުމަށް ކުރިމަތިލާފައިވާ ކަމަށް ވިދާޅުވިއެވެ. މި މުއްދަތުގައި އެޗްޑީސީއަށް 52 އައިޓަމް ލިބި، އޭގެ ތެރެއިން 32 އައިޓަމް ވަނީ ބޭނުންޖެހިފައިވާ ފަރާތްތަކަށް ދޫކޮށްފައެވެ.

މި ޕްރޮގްރާމްގައި މައިގަނޑު ގޮތެއްގައި އިސްކަންދެނީ ފަރުނީޗަރާއި އިލެކްޓްރޯނިކް ތަކެއްޗަށެވެ. މީގެ ތެރޭގައި ސޯފާ، އެނދު، މޭޒު އަދި ޓީވީ، އަވަން، އައިސަލަމާރި ފަދަ ތަކެތި ހިމެނެއެވެ. މި ޕްރޮގްރާމް ކުރިއަށްދާނީ ފެބްރުއަރީ 16 އާ ހަމައަށެވެ. ތަކެތި ހަދިޔާކުރަން ބޭނުންވާ ފަރާތްތަކަށް އެޗްޑީސީގެ ހޮޓްލައިން ނަންބަރު 7412111 އަށް ގުޅައިގެން އެކަން ކުރެވޭނެއެވެ.

ތަކެތި ބަލައިގަތުމާއި ދޫކުރުން ކުރިއަށްދާނީ އާދީއްތައިން ބުރާސްފަތި ދުވަހަށް ހަވީރު 3 އިން 6 އަށެވެ. އަދި ހުކުރު ދުވަހު ހަވީރު 3 އިން 6 އަށާއި، ހޮނިހިރު ދުވަހު ހެނދުނު 10 އިން ހަވީރު 6 އަށެވެ. މި ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދަކީ ރަމަޟާން މަހުގެ ރޫޙާ އެއްގޮތަށް އެކަކު އަނެކަކަށް އެހީތެރިވުމުގެ އިތުރުން، ކުނީގެ ގޮތުގައި އުކާލެވޭ ތަކެތި މަދުކޮށް، ބޭނުންކުރެވޭ ހާލަތުގައި ހުރި ތަކެތި އަލުން ބޭނުންކުރުމަށް ހިތްވަރުދިނުމެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *