ރިޔާސީ އިންތިޚާބު ކާމިޔާބު ކުރިކަން އިއުލާން ކުރުމަށްފަހު ޓްރަމްޕްގެ އެންމެ ބޮޑު ތައުރީފެއް އީލޮން މަސްކަށް!

ރިޔާސީ އިންތިޚާބު ކާމިޔާބު ކުރިކަން އިއުލާން ކުރުމަށްފަހު ޓްރަމްޕްގެ އެންމެ ބޮޑު ތައުރީފެއް އީލޮން މަސްކަށް!

ކުރީގެ ރައީސް ޓްރަމްޕް ބުދަ ދުވަހު ފަތިހު އޭނާގެ ތާއީދުކުރާ ފަރާތްތަކާ ވާހަކަދައްކަވަމުން ޓެކްނޮލޮޖީ އަދި މުއްސަނދި އީލޮން މަސްކް އަކީ "ސުޕަރ ޖީނިއަސް"އެއްގެ (އާދަޔާ ޚިލާފަށް ތޫނުފިލި މީހެއްގެ) ގޮތުގައި ސިފަކުރައްވައިފިއެވެ.

އީލޮން މަސްކްއަށް ތައުރީފް ކުރައްވަމުން، އޮކްޓޯބަރ މަހު އެމެރިކާގެ ދެކުނު އިރުމަތީ ސަރަހައްދުތަކަށް ބޮޑެތި ގެއްލުންތައް ދިން ހަރިކޭން ހެލީން ގެ ދުވަސްވަރު މަސްކްގެ ސްޓާރލިންކް ސެޓެލައިޓް ޚިދުމަތުން "ގިނަ ފުރާނަތަކެއް" ސަލާމަތްކުރެވުނު ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

"އަހަރެން އީލޮންއަށް ބުނިން ނޯތު ކެރޮލައިނާގައި އެކަން ވަރަށް ބޮޑަށް ބޭނުން ވެއޭ. ކަލެއަށް އެކަން ކުރެވޭނެތަ؟ އޭނަ އެހާ އަވަހަށް އެކަން ކޮށްދިނީ، އެއީ ހައިރާންވާ ވަރުގެ ކަމެއް. އެކަމުން ގިނަ ފުރާނަތަކެއް ސަލާމަތްކުރެވުނު. އެމީހުން ގިނަ ފުރާނަތަކެއް ސަލާމަތްކުރި" ކަމުގައި ޓްރަމްޕް ވިދާޅުވިއެވެ.

އެއަށްފަހު ޓްރަމްޕް މަސްކް ސިފަކުރެއްވީ "އޭނައަކީ އެއް ކެރެކްޓަރެއް، އޭނައަކީ ޚާއްޞަ މީހެއް، އޭނައަކީ ސުޕަރ ޖީނިއަސްއެއް. އަޅުގަނޑުމެންގެ ޖީނިއަސުން ރައްކާތެރިކުރަން ޖެހޭ، އަޅުގަނޑުމެންގެ އެފަދަ މީހުން މަދު" ކަމަށެވެ.

އީލޮން މަސްކް ވަނީ ރިޔާސީ އިންތިޚާބުގައި ޓްރަމްޕަށް ތާއީދުކޮށް އަދި ކެމްޕޭން ރެލީތަކުގައި ވާހަކަވެސް ދައްކަވާފައެވެ. އަދި އޭނާ ފާހަގަ ކުރެވިގެން ދިޔައީ ޑިމޮކްރެޓިކް ޕާޓީގެ ކެނޑިޑޭޓާއި ދެކޮޅަށް ފާޅުގައި ކެމްޕޭން ކުރި ފަރާތެއްގެ ގޮތުގައިވެސް މެއެވެ.

އީލޮން މަސްކްއަކީ މިހާރު ދުނިޔޭގައި ހުރި އެންމެ މުއްސަދި މަހުޖަނުއެވެ.

އިތުރު މަޢުލޫމާތު: އޮކްޓޯބަރ މަހު، ޓްރަމްޕް ނޫސްވެރިންނަށް މުވާސަލާތީ އެކްސެސްއަށް އެދުނު ކަމަށް ބުނި އިރު، ފެޑެރަލް އިމަރޖެންސީ މެނޭޖްމަންޓް އެޖެންސީން ވަނީ 40 ސްޓާރލިންކް ސެޓެލައިޓް ސިސްޓަމް ޤާއިމްކުރެވި، އިތުރު 140 ސިސްޓަމް އަންނަމުންދާ ކަމަށް އިޢުލާނުކޮށްފައެވެ. މަސްކްގެ ސްޓާރލިންކްއަކީ ސަރުކާރުގެ ކޮންޓްރެކްޓަރަކަށްވާއިރު، މަސްކްއަކީ ޓްރަމްޕްގެ ވަރަށްބޮޑު ސަޕޯޓަރެއްކަންވެސް ފާހަގަ ކޮށްލެވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *