އިންކަމް ސަޕޯޓް އެލަވަންސް 14501 މީހަަކަށް ދޫކޮށްފި

އިންކަމް ސަޕޯޓް އެލަވަންސް 14501 މީހަަކަށް ދޫކޮށްފި

Author
މުޙައްމަދު ޝަޒައިމް
27 ޑިސެމްބަރ 2020 12:29
0

ކޯވިޑްއާ ގުޅިގެން އާމްދަނީއަށް އަސަރުކުރި ފަރާތްތަކަށް ދޫކުރާ އިންކަމް ސަޕޯޓް އެލަވަންސް މިހާތަނަށް 14501 ހާހަށްވުރެ ގިނަ މީހުންނަށް ދޫކޮށްފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އިންކަމް ސަޕޯޓް އެލަވަންސް ދޫކުރަނީ ކޯވިޑް-19އާ ގުޅިގެން ޢާމްދަނީއަށް ނުރަނގަޅު އަސަރެއް ކޮށްފައިވާ މީހުންނަށް، އެ މީހުންގެ ދިރިއުޅުމުގެ ޒަރޫރީ ބޭނުންތައް ފުއްދުމަށް އެހީތެރިވުމުގެ ގޮތުން ސަރުކާރުން ޚާއްޞަ ޢިނާޔަތެއް ދިނުމުގެ ބޭނުމުގައެވެ. ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި 180 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ. ފިނޭންސްގެ ތަފާސް ހިސާބުތައް ދައްކާގޮތުން 14501 ފަރާތަކަށް ވަނީ އިންކަމް ސަޕޯޓް އެލަވަންސް ދޫކޮށްފައެވެ.

އިންކަމް ސަޕޯޓް އެލަވަންސްއަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި، ދިވެހި ރައްޔިތަކަށް ވުމާއި ދިވެހިރާއްޖޭގައި ދިރިއުޅޭ މީހަކަށް ވާންޖެހެއެވެ. އަދި އެއީ ޢުމުރުން 18 އަހަރާ 65 އަހަރާ ދެމެދުގެ މީހަކަށް ވާންޖެހެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ބ ބިރުބޮޑު
ތިޔަބުނާސަޕޯޓް އެލަވަންސް އަމީރުދިނީ އެމްޑީޕީ ބައިގަނޑަށް ވަރައްސާފްއިނގޭތޯ