ސަން ސިޔާމްއާއި ޒުވާން ނެށުންތެރިޔާ ޒާރާގެ ކައިވެނި މާދަމާ!

ސަން ސިޔާމްއާއި ޒުވާން ނެށުންތެރިޔާ ޒާރާގެ ކައިވެނި މާދަމާ!

Author
ހުސައިން
09 އޮކްޓޯބަރ 2024 12:09
0

ސަން ސިޔާމް ރިސޯޓްސްގެ ވެރިޔާ އަދި ދ. މީދޫ ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ސިޔާމް މުހައްމަދު އާއި ބ. ކަމަދޫގެ މަޝްހޫރު ނެށުންތެރިޔާ އާމިނަތު ޒާރާގެ ކައިވެނި މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާކަން އެނގިއްޖެއެވެ.

މި ކައިވެނީގެ ޚަބަރު ފެތުރެން ފެށީ މިދިޔަ އޮގަސްޓު މަހުގައެވެ. ސިޔާމް މިވަގުތު ހުންނެވީ މޮރޮކޯ މީހަކާ ކައިވެނި ބައްލަވައިގެންނެވެ.

އެނގިފައިވާ ގޮތުގައި ޒާރާގެ ޢާއިލާ މިހާރު ތިބީ ކައިވެންްޏަށް މާލެ އައިސްފައެެވެ. ކައިވެނި ބޭއްވުމަށް ހަމަޖެހިފައިވަނީ ކ. އޮޅުވެލި ރިސޯޓުގައެވެ. އަދި އެ ރިސޯޓް މިހާރު ދަނީ ކައިވެންޏަށް ތައްޔާރުކުރަމުން ކަމަށްވެސް އެނގިފައިވެއެވެ. ނަމަވެސް މޫސުން ގޯސްވުމުގެ ސަބަބުން ކައިވެނި ބާއްވާ ތަނަށް ބަދަލު އަތުވެދާނެ ކަމަށް ބުނެވެއެވެ.

ކައިވެންޏަށްފަހު މާދަމާ ރިސޯޓުގައި ޕާޓީއެއް އޮންނާނެ ކަމަށާއި، ކަމަދޫގެ ރައްޔިތުންނަށް ޚާއްޞަ ހަފްލާއެއް އެ ރަށުގައި ބޭއްވުމަށް ނިންމާފައިވާ ކަމަށްވެސް މަޢުލޫމާތު ލިބިފައިވެއެވެ.

މި ކައިވެނީގެ ރަނުގެ ހަފްލާގެ ވީޑިއޯއެއް ވަނީ ދައުރުވާން ފަށާފައެވެ. އެ ހަފްލާ އޮތީ ޝިޔާމްގެ ރިސޯޓެއްގެ އަތިރިމަތީގައި ދިވެހިންގެ ސަގާފީ ތީމަކަށެވެ.

ހުދު ލިބާހެއްގައި ހުރި ޒާރާ ވަނީ ސިޔާމްއަށް ލަވައެއް ކިޔައިދީފައެވެ. ހަފްލާގެ ފަހަތުގައި 'ރަން ކިއުމުގެ ދަރުބާރު' ލިޔެފައިވާއިރު، ޢާއިލާއާއި ގާތް މީހުންނާއި ސިޔާމް ވެސް ވަނީ ސަގާފީ ހެދުމުގައި ބައިވެރިވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.