މަގާމުތަކަށް ވާދަކުރާނެ ކުޅުންތެރިން ގިނަވުމަކީ ލީބޭ ހިތްހަމަޖެހުމެއް: ޝާޒް

މަގާމުތަކަށް ވާދަކުރާނެ ކުޅުންތެރިން ގިނަވުމަކީ ލީބޭ ހިތްހަމަޖެހުމެއް: ޝާޒް

Author
އިބްރާހީމް ސާޢިދު
25 ޑިސެމްބަރ 2020 12:24
0

ޒުވާން ސްކޮޑަކާ އެކީ ސީޒަނުގައި ވާދަކުރާއިރު އޮތް އެއް ހިތްހަމަޖެހުމަކީ މަގާމުތަކަށް ވާދަކުރާނެ ކުޅުންތެރިން ގިނަވުން ކަމަށް ޓީސީ ސްޕޯޓްސް ކްލަބްގެ ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް) ބުނެފިއެވެ.

ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އިން ދައްކަމުންދާ ކުޅުމަށް ބަލާއިރު ފެންނަނީ ސަޕްރައިޒިން ޓީމެއްގެ ގޮތުގައި ކަމަށް މިރޭ އެ ޓީމާ ދެކޮޅަށް ކުޅޭ ޓީސީގެ ކޯޗު ވަނީ ބުނެފައެވެ. ޓީސީގައި ޒުވާން ސްކޮޑެއް އޮތް ނަމަވެސް އެ ކުޅުންތެރިންނަށް ވަރަށް ބޮޑަށް އިތުބާރުކުރާ ކަމަށާއި ފިޓްނަސް ވެސް ރަނގަޅު ކަމަށް ޝާޒް ބުނެފައިވެއެވެ. ފުރަތަމަ އެގާރަ އަށް އަރަން ކުޅުންތެރިން ކުރާ މަސައްކަތަކީ ޓީމު ރަނގަޅު ވުމުގައި މުހިއްމު ރޯލެއް ކުޅޭނެ ސަބަބެއް ކަމަށް ޝާޒު ބުނެފައިވެއެވެ.

އަނެއްހެން ބަލައިފިއްޔާމު ހުރިހާ ޕޮޒިޝަނަކަށް ކުޅެވޭނެ މަދު ކުޅުންތެރިން މި ތިބީ.

– ޝާޒް ބުނެފައިވެއެވެ.

ލީގުގައި މިހާތަނަށް ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އިން ދައްކަމުންދާ ކުޅުމަށް ބަލާއިރު ފެންނަނީ ސަޕްރައިޒިން ޓީމެއްގެ ގޮތުގައި ކަމަށް ޝާޒް ވަނީ ބުނެފައެވެ.

މިހާތަނަށް ސަސް އަށް ބަލާލާއިރު އެ ޓީމުގެ ސެޓަޕަށް ބަލާއިރު ވަރަށް ވަރުގަދަ ކޮށް މުބާރާތުގައި ސަޕްރައިޒިން ޓީމެއް ގޮތު މި ފެންނަނީ.

– ޝާޒް ބުނެފައިވެއެވެ.

ސަސްއާ ކުޅޭއިރު ޓީސީން މި މެޗުގައި ވެސް ކުޅެން ޖެހޭނީ ވިސްނުންތެރިކަމާ އެކުގައި ކަމަށް ޝާޒް ދެކެއެވެ. ފުރަތަމަ މެޗުން ދަ ގްރާންޑޭ އަތުން ބަލިވި ނަމަވެސް ޓީސީން ވަނީ ދެ ވަނަ މެޗުގައި ކްލަބް އީގަލްސްގެ މައްޗަށް ކުރިހޯދައިފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.