ކޯވިޑް-19: އިތުރު 21 މީހުން ޕޮޒިޓިވްވެއްޖެ

ކޯވިޑް-19: އިތުރު 21 މީހުން ޕޮޒިޓިވްވެއްޖެ

Author
މުޙައްމަދު ޝަޒައިމް
24 ޑިސެމްބަރ 2020 10:12
0

ރާއްޖެއިން އިތުރު 21 މީހުން ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

އެޗްޕީއޭއިން އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން މިއަދު ޕޮޒިޓިވްވި 21 މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ޕޮޒިޓިވްވި 12 މީހުންނާއި އަތޮޅުތަކުން ޕޮޒިޓިވްވި 9 މީހުންނެވެ. މިއީ މިއީ މިފަހަށް އައިސް އެންމެ މަދުން މީހުން ޕޮޒިޓިވްވި ދުވަހެއެވެ.

މިއާއެކު ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 13،588 އަށް އަރާފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ބަލިން ރަނގަޅުވެފައިވަނީ 28 މީހުންނެވެ، މިއާއެކު ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 13،011 އަށް އަރާފައެވެ. ރާއްޖޭގައި މިހާރު އެކްޓިވް ކޭސް ނުވަތަ ބައްޔަށް ފަރުވާ ދެމުން އަންނަ މީހުންގެ ޢަދަދު ދަށަށް ދާން ފަށާފައިވާއިރު، މިހާރު އެޢަދަދު ވަނީ 492 އަށް ތިރިވެފައެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ބައްޔަށް ޓެސްޓްކުރުމަށް ނެގި 2،562 ސާމްޕަލައެކު މިހާތަަނށް ޖުމްލަ 299،486 ސާމްޕަލެއް ވަނީ ނަގާފައެވެ. މިހާތަނަށް މިބަލީގައި 48 މީހަކު ވަނީ މިބަލީގައި ނިޔަވެފައެވެ. އެއީ 40 ދިވެހިންނާއި 8 ބިދޭސީންނެވެ. މިވަގުތު ދަރުމަވަންތަ އައިސޫޔައި ދަނީ އެކަކަށް ފަރުވާދެމުންނެވެ.

ކޯވިޑަށް ޕޮޒިޓިވްވާ މީހުން ޢަދަދު ރައްޖޭގައި ދަށަށްދާންފަށާފައިވާއިރު، އެޗްޕީއޭއިން ވަނީ ކޯވިޑާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަަކށްވެސް ލުއިތަކެއް ދޭން ފަށާފައެވެ. އެގިން ރެއިން ފެށިގެން މާލޭގައި އިއުލާންކޮށްފައިވާ ކާފިއު އުވާލުމާއި، މާލެ ސަރަހއްދުގައި ކުޅިވަރު މުބާރާތްތަކާއި، ހަފްލާތަކާއި، ޖަލްސާތައް ބޭއްވުމުގެ ހުއްދަ ވަނީ ދީފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.