ސައީދު، ސަރުކާރަށް: ހެއްދެވިހާ ބާރެއް ޖަމާކޮށްދިނީ ކުރީ ސަރުކާރޭ ކިޔަންތޯ؟

ސައީދު، ސަރުކާރަށް: ހެއްދެވިހާ ބާރެއް ޖަމާކޮށްދިނީ ކުރީ ސަރުކާރޭ ކިޔަންތޯ؟

Author
މުޙައްމަދު ޝަޒައިމް
23 ޑިސެމްބަރ 2020 10:39
0

ރާއްޖޭގެ ވެރިކަމުގެ ނިޒާމުގައި އޮތް ހުރިހާ ބާރެއް އަމިއްލަ މުށު ތެރެއަށް ޖަމާކޮށްފައިވާއިރު އަދިވެސް ކިޔަންވީ ކުރީސަރުކާރޭތޯ ބުނެ ސައީދުގެ ސުވާލެއް ސަރުކާރަށް އަމާޒުކޮށްފިއެވެ.

ކުރީގެ ސަރުކާރުތަކުން މިފްކޯ ތަރައްގީކުރިނަމަ އުތުރުގެ މަސްވެރިން މިއަދު ފާޅުކުރަމުންދާ ޝުއޫރުތައް ފާޅުކުރަން ނެޖެހޭނެ ކަމަށް ވިދާޅުވެ މިފްކޯގެ މެނޭޖިންގ ޑިރެކްޓަރު ފައުޒީ ދެއްކެވި ވާހަކަތަކާއި ގުޅިގެން ސައީދު ވިދާޅުވީ މިސަރުކާރަށް ކަމެއް ނުވާ ކޮންމެ ފަހަރަކުވެސް އަދިވެސް ބަހަނާއަކަށް ވެފައިވަނީ ކުރީ ސަރުކާރުތައް ކަމަށެވެ. ކުރީ ސަރުކާރުތަކުން ރާއްޖޭގެ ތަރައްޤީއާއި ކުރިއެރުމަށް ކޮށްދެއްވާފައި ކަންތައްތައް ކޮށް ނުދެއްވިނަމަ މިއަދު ރައްޔިތުން އުޅޭނެ ހާލު ތަސައްވަރު ކުރެވޭކަމަށް ސައީދު ވިދާޅުވިއެވެ.

އަންގާރަ ދުވަހު ގިނަ އަދަދެއްގެ މަސްވެރިން ފެލިވަރުގައި އިހުތިޖާޖުކުރުމާ ގުޅިގެން ރާއްޖެޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ފައުޒީ ވިދާޅުވީ މިފްކޯގެ ވަސީލަތްތަކަށް ބަލާއިރު، ފެލިވަރުގައި މަސްކިރުމުގެ އިންތިޒާމުތައް ދަށް ކަމަށާއި، ތަރައްގީއަށް ބަލާއިރު އެންމެ އެކަށީގެންވާ މަސް ފްރީޒް ކުރުމާއި، ސްޓޯރޭޖް ކެޕޭސިޓީއެއްވެސް ފެލިވަރުގައި ނެތް ކަމަށެވެ. ކުރީ ސަރުކާރުތަކުން ފެލިވަރު ތަރައްގީކުރިނަމަ މިއަދު އުތުރުގެ މަސްވެރިން ފާޅުކުރަމުންދާ ޝުއޫރުތައް ފާޅުނުކުރާނެކަން ފާހަގަކުރައްވާ ފައުޒީ ވަނީ މި ސަރުކާރުން މިފްކޯ ތަރައްގީކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު، އެންމެ ބޮޑު ސަމާލުކަމެއްދޭ އެއް ތަނަކީ ފެލިވަރު ކަމަށް ވިދާޅުވެފައެވެ.

އިއްޔެ އެއްވި މަސްވެރިންވަނީ މަސްވެރިންނަށް ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދައި، މަސްވެރިންނަށް ހަމަ އަގު ދިނުމަށް ގޮވާލާފައެވެ. އަދި މިއަދު މަސްވެރިން އުޅެމުންދާ ހާލަކީ އަމިއްލަ ދިރިއުޅުމުގެ ކަންކަން ހަމަޖެއްސުމަށްވުރެވެސް ދަތިހާލެއްކަމަށް މަސްވެރިވެރިން ވަނީ ބުނެފައެވެ. މަސްވެރިން އެތައް ގަނޑިއިރުތަކެއް ވަންދެން ކުރި ކުރި އިހުތިޖާޖުތަކުގައި ހުރި ކަންބޮޑުވުންތައް މިނިސްޓަރ ޒަހާއަށާއި، މިފްކޯގެ ވެރިންނަށް ވަނީ ހިއްސާކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.