ކުރިއަށް އޮތް އަޟްހާ އީދު ބަންދު ދުވަސްތަކުގައި އާސަންދަ ކައުންޓަރުތަކުން ހިދުމަތް ދޭނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
އާސަންދަ އިން މިއަދު ބުނީ އީދު ބަންދުގައި ވެސް އާސަންދަ ކައުންޓަރުތަކަށް އެޕްލިކޭޝަން ހުށަހެޅޭނެ ކަމަށެވެ. އަދި އާސަންދަ މޮބައިލް އެޕާއި މައި އާސަންދަ ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ވެސް ފަސޭހަކަމާއެކު އެޕްލައިކުރެވޭނެ ކަމަށް އާސަންދަ އިން ބުންޏެވެ.
މިކަމާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް އާސަންދަ ހޮޓްލައިން 1400 އަށް ކޮންމެ ގަޑިއަކު ވެސް ގުޅޭނެ ކަމަށް އާސަންދަ އިން ބުންޏެވެ.
16 ޖޫން އިން 20 ޖޫންއަށް އާސަންދަ ކައުންޓަރުތައް ހުޅުވިފައި ހުންނާނެ ގަޑިތައް:
- އާސަންދަ ފްރަންޓް އޮފީސް: (ފެން ބިލްޑިން 3 ވަނަ ފަންގިފިލާ- ބަންދު
- އައިޖީއެމްއެޗް ކައުންޓަރު: ހެނދުނު 08:00 އިން 00:00 އަށް
- ޓްރީޓޮޕް އަދި އޭޑީކޭ ކައުންޓަރު: މެންދުރުފަހު 14:00 އިން ރޭގަނޑު 22:00 އަށް
- އައްޑޫ ހޮސްޕިޓަލް، ކުޅުދުއްފުށީ ހޮސްޕިޓަލް އަދި ފ. އަތޮޅު ހޮސްޕިޓަލް ކައުންޓައު: ހެނދުނު 08:00 އިން ހަވީރު 16:00 އަށް
- 17 އަދި 18 ޖޫންގައި އާސަންދަ ކައުންޓަރުތައް ހުޅުވިފައި ހުންނާނެ ގަޑިތައް:
-
-
- ހުޅުމާލޭ ހޮސްޕިޓަލް ކައުންޓަރު: ހެނދުނު 08:00 އިން ހަވީރު 16:00 އަށް
މިމަހުގެ 16 ވަނަ ދުވަހުން ފެށިގެން 20 ވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަސްތަކެއްކަމުން، އެ ދުވަސްތަކުގައި އާސަންދަ ފްރަންޓް އޮފީސް ކައުންޓަރުތައް ބަންދުވާނެ ކަމަށާއި ނަމަވެސް އެހެން ތަންތަނުގައި ހުންނަ ކައުންޓަރުތަކުން ހިދުމަތްދޭނެ ކަމަށް އާސަންދައިން ވަނީ ބުނެފައެވެ.
-
-