ޅޮހީ މެޖިސްޓްރޭޓްގެ ސުލޫކީ މައްސަލައެއް ބަލަންފަށައިފި

ޅޮހީ މެޖިސްޓްރޭޓްގެ ސުލޫކީ މައްސަލައެއް ބަލަންފަށައިފި

Author
މުޙައްމަދު ޝަޒައިމް
20 ޑިސެމްބަރ 2020 06:53
0

ނ. ޅޮހީ އިސްމެޖިސްޓްރޭޓް އަޙްމަދު ޙަސަން މަނިކުގެ ސުލޫކީ މައްސަލައެއް ޖޭއެސްސީން ބަލަން ފަށައިފިއެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަން، ޖޭއެސްސީން ވިދާޅުވީ ޅޮހީ އިސްމެޖިސްޓްރޭޓުގެ ސުލޫކީ މައްސަލައެއް ބަލަން ނިންމީ ނ. މަނަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު ޙަޟާނާތުގެ މައްސަލައިގައި، ދަޢުވާކުރި ފަރާތާ ކުއްޖާ ހަވާލުކުރުމަށް ވަގުތީ އަމުރެއް ނެރެ، އެ އަމުރު ހައިކޯޓުން ބާތިލްކުރުމުންވެސް، ކުއްޖާ ކުރިން ހުރި ހާލަތަށް ރުޖޫޢަކުރުމެއް ނެތި، ދަޢުވާކުރި ފަރާތުން ބޭނުންވި މަޤްޞަދު ޙާޞިލްވާ ގޮތަށް މައްސަލައިގެ ޙާލަތު ދަމަހައްޓާފައިވާތީކަމަށެވެ.

މީގެ އިތުރުން މައްސަލަ ތާވަލުނުކޮށް ގިނަ ދުވަސްތަކެއް ފާއިތު ވުމަށްފަހު ދައުވާ ކުރާ ފަރާތަށް އެކަނި ޗިޓް ފޮނުވައި، ދަޢުވާ ލިބޭ ފަރާތުގެ ބަހެއް ނެތި ދަޢުވާ ބާޠިލްކޮށްފައިވާކަމަށްވެސް މިމައްސަލަ ބަލަން ނިންމިކަން ހާމަކޮށް ޖޭއެސްސީން ނެރުނު ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

ނ.ޅޮހީ އިސްމެޖިސްޓްރޭޓް އަލްއުސްތާޛް އަޙްމަދު ޙަސަން މަނިކުގެ ސުލޫކީ މައްސަލައެއް ބެލުމަށް މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީން ނިންމާފައިވާތީ، ތަހްޤީޤް ކޮމެޓީ އެކުލަވާލުމަށް 20 ޑިސެންބަރު 2020 ގައި ބޭއްވުނު ކޮމިޝަންގެ 98 ވަނަ ޖަލްސާގައި ނިންމާފައިވާކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.